ޚަބަރު

ބުދަށް އަޅުކަން ކުރާ މީހުން އުފުލަން މޯލްޑިވިއަންގެ ސީޕްލޭނެއް އިންޑިއާ އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ބުދަށް އަޅުކަން ކުރާ މީހުން އުފުލަން ބޭނުން ކުރުމަށް އިންޑިއާގެ ސްޕައިސް ޖެޓުން ، މޯލްޑިވިއަންގެ ސީޕްލޭނެއް ކުއްޔަށް ހިފައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އައުޓްލުކްއިންޑިއާ" އިން ބުނެފައިވަނީ މިމަތިންދާ ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސަބަރަމަތީ ރިވާފްރޮންޓުން އިންޑިއާގެ ކެވަޑިއާގެ ކޯރެއްގައި ހަދާފައި އޮންނަ ރަށެއްގައި ހުންނަ ބޮޑު ބުދަކަށް ޒިޔާރަތްކުރާ މީހުންގެ ބޭނުމަށް ކަމަށެވެ.

އެބުދަކީ "ސްޓެޓޫ އޮފް ޔުނިޓީ" ގެ ނަމުން ނަން ދީފައިވާ، ދުނިޔޭގެ އެންމެ ބޮޑު ބުދު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި މިބުދަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ވައްލާބާއީ ޕަޓޭލްގެ ބުދެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެތަނަށް ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. އެއީ ޕަޓޭލްގެ އުފަން ދުވަސް ކަމުގައި ވެސް ބުނެފައިވެއެވެ.

ސްޕައިސްޖެޓް ގެ ޝިޕިންގ މިނިސްޓަރ ބުނެފައި ވަނީ އިންޑިއާގައި މިފެށޭ ދަތުރުތަކުގެ ސަބަބުން އެޤައުމުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވިއަން ގެ ޕަބްލިކް ރިލޭޝަންސް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ "ސްޕައިސްޖެޓުން ޕްރައިވެޓް ޗާޓަރ އަކަށް މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ދަތުރު ކޮށްފި" ކަމަށެވެ. ނަމަވެސް އެބޯޓުގައި އުފުލަނީ ކޮންބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވެފައި ވެއެވެ.

 

  1. ޔާމީނު23

    ރާއްޖޭގަ ސީޕްލޭންއަށް އަރައިގެން ބޯޓުދަނީ މީހުންގޮވައިގެން ހައްޖައްތަ؟

  2. ބާބީ

    އައްޔާ. އެއްކަލަ އަންނި ދައްކާ ކަހަލަ ވާހަކަ ތިދައްކަނީ. އިއްޔެވެސް ބުންޏެއްނުން ފޭރޭމީހުން ބިރުގަންނަވާލީ އޭގެ ތެރޭގައި އިން އަންހެނެކޭ. އެކަމަކު އެއަންހެނާ އަތުކޮޅަށް ނަގައި ހޫރާލިތަން އަހަރެމެނަށް ފެނުނީ. އަންނިއަށް ފެނުނީ އޭނަ ވަގުންނާ ކުރިމަތިލިތަން. ޚަބަރުގައި އެއޮތީ ބުދުދީނުގެ އަޅުކަމެއްގައި އުޅޭ ބަޔެކޭ އުފުލަނީ. ރާއްޖެއަށް އަންނަން ނުވަތަ ރާއްޖެއިން ދާންވެގެން މަތިންދާބަޯޓަށް އަރާ މީހުންނާއި މިމީހުންނާ ހާސްތަފާތު ދޯ. އެގޮތަށް މަތިންދާބޯޓަށް އަރާ މީހުންގެތެރޭގައި ތިބޭނެ ދޯ މުސްލިމުންވެސް. ކްރިސްޓިޔަނުންވެސް. އެކަމަކު އެއިން އެކަކީވެސް އަޅުކަން ކުރަން ދާ ބައެއް ނޫނެއްނުން.

  3. ނަކް

    ހޫން މިރާއްޖެއަށް ޔޫރަޕުން އަންނަ ހައްޖުވެރިންވިއްޔާ ރިސޯޓުތަކަށް އެ އުފުލަނީ ސީޕުލޭނުތަކުން.. ޝިރުކުގެ އަމަލެއް ނުކުރާ ހުދު ކާފޫރުތަ އެ އުފުލީ މިއޮއްހާ ދުވަހު؟؟

  4. އަލީރާޖާ

    ތިޔަ ބޯޓަކީ ކުރިން ހައްޖަށް މީހުން އުފުލަން ގެންގުޅުނު އެއްޗަކީތަ؟ ކޮއްކޯ ދުނިޔޭގެ އާބާދީގެ 4 ބައިކުޅަ 3 ބަޔަކީ މުސްލިމުންނެއް ނޫން. އެ މީހުންނާ އެކީ މިތާ ދިރިއުޅުން ނޫން ހަމަ އެއްވެސް ގޮތެއް މުސްލިމުންނަކަށްވެސް އަދި އެހެން ބަޔަކަށްވެސް ނެތް.