ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށިން ރެންޑަމް ކޮށް ނެގި 100 ސާމްޕަލް ނައްސި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށް، އެއްވެސް ތަރުތީބެއް ނެތި އެރަށުން ނެގި 100 ސާމްޕަލް ނައްސި ވެއްޖެއެވެ.

Ads by Hajj Corporation

ހޯމަ ދުވަހުގެ ރޭ އެޗްއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި، އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގައި ހިމެނޭ އަބްދުލް މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ގެ ދެވަނަ ބުރެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން މި ބުރުގައި 100 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގެ 15 ގެޔަކުން 15 ފަރާތަކާއި، ކެފޭ އާއި ރެސްޓޯރެންޓް އަދި ފިހާރަތަކުން 25 ސާމްޕަލް، ބޭންކް އެއާޕޯޓު ފަދަ ތަންތަނުން 9 ސާމްޕަލް އަދި 11,  ޓެކްސީ ޑްރައިވަރެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ މި ހުރިހާ މީހުންގެ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ވެސް ނައްސި ވެފައިވާ ކަމަށެވެ.

ގިނަ ބަޔަކު ފައްސިވެ، ކުޅުދުއްފުށި އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!