ޚަބަރު

މަރުވި ޒުވާނާގެ ވީޑިއޯއެއް އާންމުކޮށް ފުލުހުން އަނެއްކާ ވެސް އެހީއަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗް ސަރަޙައްދު ބޭރުން މޫދުގައި މަރުވެފައި އޮއްވާ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނުނު ޒުވާނާގެ މަރުގެ ތަހުގީގަށް ފުލުހުން އަނެއްކާވެސް އެހީއަށް އެދިއްޖެއެވެ.

Ads by Sosun Fihaara

އެސަރަޙައްދުގެ މޫދު އަޑިން މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ. ވާދޫ، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ) އެވެ.

އެނގިފައިވާ ގޮތުގައި ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ.

އެހެންކަމުން އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މިހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، ފުލުހުން މިއަދު ވަނީ ސިދުރަތުﷲ ގެ ވީޑިއޯއެއް އާއްމުކޮށް، އާއްމުންގެ އެހީތެރިކަމަށް އަނެއްކާ ވެސް އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!