Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޠާރިގު މަހްލޫފަށް: ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާ

ޠާރިގު މަހްލޫފަށް: ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާ

އެޓާނީ ޖެނެރަލް، އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެގެންދާނީ "ޖަމަލު ފޮޑި"އަކަށް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެ ފާޑުވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގް މަހްލޫފަށް ރައްދު ދެއްވައިފިއެވެ.

މަހްލޫފަށް ރައްދު ދެއްވައި ޠާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން މަހްލޫފަށް ޖައްސާފައިވާ ހާލާމެދުގައި އެކުގައި އުޅުނު މެންބަރެއްގެ ހައިސިއްޔަތުން ހަމްދަރުވީވާކަމަށެވެ.

"މިނިސްޓަރު މަހްލޫފުއެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުންނެވެ. ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާށެވެ. މަނިކުފާނަށް ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން ޖައްސާފައިވާ ހާލާމެދުގައި އެކުގައި އުޅުނު މެންބަރެއްގެ ހައިސިއްޔަތުން ހަމްދަރުވީވަމެވެ" މެމްބަރު ޠާރިގު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޗާގޯސް މައްސަލައިގައި އެކުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗާގޯސް މައްސަލައިގެ ހަޤީޤަތް އޮޅުވައިނުލުމަށް އެދިވަޑައިގެންފައެވެ. އަދި  އޭޖީގެ ކަރުގައި، ހަޤީގަތުގައި އަޅުވަންވީ، މާފައްޗެއް ކަމުގައި މަހްލޫފްވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް