ރެސިޕީ

ދެން ރެސިޕީ | ކަދުރު ޕާން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by WAMCO

1 ޖޯޑު ކަދުރު

1 ޖޯޑު ހޫނުފެން

1/2 ސައިސަމުސާ ބޭކިންގް ސޮޑާ

1/2 ޖޯޑު ބަޓަރު

1/2 ޖޯޑު ބްރައުން ޝުގަރ

1 ޖޯޑު ފުށް

2 ކުކުޅުބިސް

1/2 ސައިސަމުސާ ވެނީލާ އެސެންސް

ހަދާނެ ގޮތް:

1. ފުރަތަމަ އަވަން ހޫނުކުރަން ޖައްސާށެވެ. 220 ޑިގްރީސް ސެލްސިއަސްގައެވެ. އަދި 8 އިންޗީގެ ޕާން ފިހާ ފާޑުގެ ޓްރޭއެއްގައި ރަނގަޅަށް ޕާޗްމަންޓް ކަރުދާސް ފަތުރާލާށެވެ. ތިރީގައާއި އަރިމަތި ތަކުގައި ވެސް މެއެވެ.

2. ބޯތަށްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށް ފަހު 30 މިނެޓު ވަންދެން ބަހައްޓާށެވެ.

3. ތިރީސް މިނެޓު ހަމަވުމުން، ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ކަދުރުކޮޅު ޗަސްކޮށްލާށެވެ. ޗަސްކޮށްލާނީ ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

4. ކަރަންޓު މިކްސަރު ނުވަތަ އަތުން ބޭނުންކުރާ ވިސްކް ބޭނުންކޮށްގެން ހަކުރާއި ބަޓަރު ރަނގަޅަށް އެއްކުރާށެވެ.

5. ދެން އެއަށް ބިސްކޮޅާއި، ފުށާއި، ވެނީލާ އެސެންސް އަދި ޗަސްކުރި ކަދުރުކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

6. ކުރިން ތައްޔާރުކުރި ޓްރޭގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.

7. ދެން އަވަނަށް ލައި ފިހާނީއެވެ. އަހަރުމެންނަށް ފިިހެވުނީ 20 މިނެޓުންނެވެ. ޓޫތުޕިކެއް މެދަށް ހަރައިލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރު ލާފައި ނުވާނަމަ އެއޮތީ ރަނގަޅަށް ފިހެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!