ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 100 މިލިއަން ރުފިޔާގެ ފައިދާ
2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ އެސްޓީއޯއަށް 100 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެކުންފުނީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެކުންފުނިން އާންމު ކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ބަލާއިރު 0.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ތިން ވަނަ ކުއާޓަރުގައި 235 މިލިއަން ރުފިޔާ ކުންފުނީގެ ހަރަދުތަކަށް ވަނީ ހޭދަ ކޮށްފައެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ތެލުގެ ވިޔަފާރިން، ތިން ވަނަ ކުއާޓާރުގައި އެކަނި ވެސް އެކުންފުންޏަށް ވަނީ 818 މިލިއަން ރުފިޔާ ލިބިފައެވެ.
Ads by Allied Insurance