ދުނިޔެ

މުސްލިމުންނަށް މަލާމާތްކުރާ ފްރާންސްގެ ދިފާއުގައި އެންމެ ކުރިން ނިކުތް ގައުމަކަށް އިންޑިއާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މުސްލިމުންނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް މަލާމާތް ކުރަމުން އަންނަ ފްރާންސްގެ ދިފާއުގައި އިންޑިއާ ނިކުމެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން މުސްލިމުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކުރުމަށް ގޮވަމުން އަންނައިރު، މި ހަފްތާގެ ތެރޭގައި އިންޑިއަން ޓްވިޓާގައި އެންމެ ކުރީގައި އޮތީ "އައި ސްޓޭންޑް ވިތު ފްރާންސް" ހޭޝްޓެގާއި "ވީ ސްޓޭންޑް ވިތު ފްރާންސް" ހޭޝްޓެގެވެ. ޓްވިޓާގެ ޒަރީއާއިން ގިނަ އިންޑިއާ ރައްޔިތުން ވަނީ އެމީހުން ފްރާންސާ އެއްކޮޅަށް ތިބި ކަން ހާމަކޮށްފައެވެ.

މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި މުސްލިމުންނަށް ފުރައްސާރަ ކުރަމުން އަންނަ ފްރާންސާ އެއްކޮޅަށް ނިކުތް ފުރަތަމަ ގައުމެވެ.

އިންޑިއާ އާއި އިންޑިއާ ސަރުކާރަކީ އަބަދުވެސް އެގައުމުގައި ދިރިއުޅޭ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގައި ދަތިކުރުމުގެ ފިޔަވަޅު އަޅާ ގައުމެކެވެ.

މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބޭއަދަބީ އަދި އެހާމެ ލާދީނީ ވާހަކަތަކެއް ދައްކާފައެވެ. މެކްރޯން ގެ ވާހަކައިގައި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ (ޞޢޥ) އަށް ވެސް ވަނީ ޖޯކު ޖަހާ، ހަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކާފައެވެ.

ފްރާންސްގެ ރައީސް ގެ މިވާހަކަތަކުގެ ސަބަބުން ބައެއް މީހުން ވަނީ އަނެއްކާ ވެސް މުސްލިމުންނަށް ދުއްތުރާތައް ކުރަން ފަށާފައެވެ. އެގޮތުން ޕެރިހުގެ އައިފެލް ޓަވަރު ތިރީގައި ބަޔަކު ވަނީ މުސްލިމު ދެ އަންހެނުންނަށް ތޫނު އެއްޗަކުން ހަމަލާދީ ގަތުލު ކޮށްލާފައެވެ. އަދި ފްރާންސްގެ 74 މިސްކިތެއް ވެސް ވަނީ ބަންދު ކޮށްފައެވެ.

މީގެއިތުރުން ފްރާންސްގެ މެގަޒިނެއް ކަމުގައިވާ "ޗާލޯ ހެބްޑޯ" އިން ވަނީ އަޅުގަނޑުމެންގެ ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާ، އެކާޓޫނު މެގަޒިންގެ ކަވަރ ޕޭޖަށް ލާފައެވެ.

ފްރާންސުން މިފަދައިން ޢަމަލު ކުރުމުން، ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައް މުސްލިމުންނެއް ވަނީ އެޤައުމުގެ އުފެއްދުންތައް ބޯއިކޮޓް ކުރަމުންނެވެ. އަދި މީސްމީޑިއާ ގައި ވެސް އެތައް ބަޔަކު އަންނަނީ އެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރަން ފެށުމުން، އެޤައުމުގެ އިޤްތިސާދަށް މިހާރުވެސް ހީނަރުކަމެއް އަންނަން ފަށައިފިކަމުގެ ފެހި ސިގްނަލް ވަނީ ފެނިފައެވެ. ބީބީސީން ބުނި ގޮތުގައި، ފްރާންސުން ވަނީ އެޤައުމުގެ އުފެއްދުންތައް ބޯއިކޮޓް ނުކުރުމަށް ގޮވާލާފައެވެ.

Ads by HDC
  1. އިންޑިއާ އައުޓް.

    އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް.