ޚަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ މަންޑޭވެސް ދެވަނަ ކައިވެންޏެއް ބައްލަވައިގެންފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޒުވާން މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އިތުރު ކައިވެންޏެއް ބައްލަވައިގެންފިއެވެ.

Ads by MWSC

މަންޑޭ ދެވަަނަ ކައިވެންޏެއް ކުރައްވާފައި މިދިޔަ ޖޫން މަހުއެވެ. ނަމަވެސް މީސްމީޑިއާގައި އާންމުވެފައިވާ ގޮތުގައި އޭނާ ކައިވެނި ކުރެއްވީ މިދިޔަ ހަފްތާގައެވެ.

މަންޑޭ ކައިވެނި ބައްލަވައިގަތީ ސ.ހުޅުމީދޫ އަށް ނިސްބަތްވާ އާމިނަތު ޝަަހުދާއާއެވެ. މިކަން މަންޑޭގެ ގާތް ރަހުމަތްތެރިއަކު ވަނީ "ދެން" އަށް ކަށަވަރު ކޮށްދީފައެވެެ.

މީސްމީޑީއާގައި އަޑުތައް ފެތުރިފައި ވަނީ އުމުރުން ވަރަށް ހަގު ބޭފުޅަކާ ބޮޑު ރަނަކަށް މަންޑޭ ކައިވެނި ބައްލަވައިގަތް ކަމަށެވެ. އެހެން ނަމަވެސް މަންޑޭ ކައިވެނި ބައްލަވައިގަތީ ކުރިން ވެސް ކައިވެންޏެއް ކުރައްވާފައިވާ 31 އަހަރުގެ ބޭކަނބަލަކާއެވެ. މަންޑޭ އާ ކައިވެނި ބައްލަވައިގަތުމަށް ޝަހުދާ ރަން ކިޔާފައި ވަނީ 2222 ރުފިޔާއެވެ.

މަންޑޭގެ މި ކައިވެންޏާ ގުޅިގެން މާ ބޮޑު ވަލީމާ އެއް ބާއްވާފައެއް ނުވެއެވެ. ބޭއްވީ ކުޑަ އެއްވުމެކެވެ. އެ އެއްވުމުގައި ބައިވެރި ކުރީ މަންޑޭޭގެ ގާތް އެކުވެރިންނާއި ބައެއް ،މުވައްޒަފުންނާއި އަދި މަންޑޭގެ ޕާރސަނަލް ބަޔޮގްރަފާ އެވެ

މަންޑޭގެ ފުރަތަމަ ކައިވެންޏަށް ދެ ބޭފުޅުން ވެސް ލިބިވަޑައިގެންފައިވެއެވެ. ކޭޕާރކް ރެސިޑެންސްގެ ވެރިޔާ މަންޑޭ އާންމުންގެ ތެރޭގައި މަގުބޫލު ވެފައިވަނީ ފަގީރުންނަށާއި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ވެދެއްވާ އެހީގެ ސަބަބުންނެވެ.

 

  1. ބޯ ހަލާކު

    ކޮންތާކުން “ބައްލަވައި” ގަތީ؟ މަވެސް ވެއްޖެ ތިފިހާރައަކަށް ދާން. ކައިވެންޏެއް ބައްލަވައިގަންނަން

  2. މަމްދޫހު

    މީހުންނާ އިނދެވޭތޯ ބަލާ ފްލެޓް ނުނިމުނަސް

  3. ފަގީރުކޮއެ

    ސުރުހީގަ ތިއޮތީ ރަނގަޅަށް. މުއްސަނދިން ހަމަ ލާރިދީފަ ބައްލަވައި ގަންނަނީ ރީތި ކުދިން.

    • އަންހެން ކުއްޖާ

      ވިކެން ތިބޭ ކުދިން ގަނެވޭނީ….

  4. އަމަރު ސިންގް

    އެންމެ ފަހުން ހޯދަން އުޅުނުވަރުގެ ލާރިގަނޑެއް ލިބިއްޖެ ދޯ!

  5. ތިމީހާ

    ތީއީ ގޯލްޑް ޑިގަރ އެއް. ވަރަށް ރަނގަޅަށް ދަންނަން އޭނަ

  6. ފާރޫގު ހަސަން

    މަންޑޭ މިހާރު ތިއުޅޭ ގޮތެއް ކަމަކުނުދޭ. ކޭޕާކު ނުނިމި ލަސްވެގެން މީހުން ޝަކުވާ ކުރާތާ 2 އަހަރުވެގެންދަނީ. 2 ކުދިންނާ ރީތި ރގަޅު އަންބެއް ހުއްޓަ އައްޑޫ ކުއްޖަކާ ތިއިނީ އަނެއްކާވެސް. ތިަކަހަލަ އަވާމެންދުރުގަ ޖެހޭ މީހުން ގެ ނިމުން އެހާ ފޮނިކޮށްެއް ނުދޭ. ގޯލްޑްޑިގަރ ކުއްޖެއްކަން އެކުއްޖާގެ ތާރީހަށް ބަލާލީމަވެސް އެނގޭ. ހެޔޮނުވާނެ ތިހެން އުޅެން. ބޭބެ ދޭ ނަސޭހަތް އަޑުއަހާ ބަލަ.