Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީީސް ނަޝީދު މަޤާމުން ވަކި ކުރާކަށް ނުކެރޭނެ: ވައްޑޭ

ރައީީސް ނަޝީދު މަޤާމުން ވަކި ކުރާކަށް ނުކެރޭނެ: ވައްޑޭ

އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކި ކުރަން، ކެރިވަޑައިނުގަންނަވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން، ރައީސް ނަޝީދު ދުރުކުރަން މަޖިލީހަށް ހުށަހަޅާ ލިޔުމުގައި 53 މެންބަރަަކު ވަނީ ސޮއިކުރައްވައިފައެވެ. މިއަދު މި މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރު ވައްޑޭ ވިދާޅުވަނީ އެކަން ކުރަން ނުކެރޭނެ ކަމަށެވެ. އެސްއެސްޓީވީގައި ރޭ ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، ރައީސް ނަޝީދު ވަކި ކުރައްވާނެ ކަމަށް ދައްކާ ވާހަކަތައް، މި ސަރުކާރުގެ މަޝްރޫޢުއެކޭ އެއްގޮތް ކަމަށާއި، އެކަން ކުރިއަށް ދަނީ "އަންނަނީ އަންނަނީ"ގައި ކަމަށެވެ.
"ކީއްވެގެންތޯ މިއަދު މައްސަލަ ހުށަނޭޅެންވީ. މަޖިލީހުގެ އަމީންއާންމަށް ވަޓްސްއެޕުން ފޮނުވައިގެން ވެސް ހުށަހެޅިދާނެ، މި ދެންނެވީ، އެކަންވެސް، މި ސަރުކާރުން ހިންގާ މަޝްރޫޢުތަކެކޭ އެއްގޮތަށް، އަންނަނީ އަންނަނީގައި އެދަނީ."
ވައްޑޭ ވަނީ ރައީީސް ނަޝީދު މަޤާމުން ވަކި ނުކުރައްވަނީ، އެމަނިކުފާނަށް އިޙްތިރާާމް ކުރައްވާތީ ކަމަށް އެމްޑީޕީގެ މެމްބަރުން ދައްކަވާ ވާހަކައަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީީސް ނަޝީދަށް 2021 ‏ވަނަ އަހަރުގެ މެއިމަހުގެ 6ވަނަ ދުވަހު ދިން ހަމަލާއަށް ފަހުގައިވެސް، އެމަނިކުފާނަށް ޤަދަރާއި، ރަޙުމެއް ނުކުރި ބަޔަކު، އިޙްތިރާމް ކުރާނެތޯ ވައްޑޭ ސުވާލު ކުރެއްވިއެވެ.    

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް