Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ، މަޝްވަރާތައް ދާނީ ކުރިއަަށް: ޖޭޕީ

ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ، މަޝްވަރާތައް ދާނީ ކުރިއަަށް: ޖޭޕީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ. އެ ޕާޓީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިޔާތާއި ގުޅޭ ގޮތުން މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ އެެހެން ސިޔާސީ ޕާޓީތަކާއެކު ވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި ޖޭޕީއާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ މައްސަލައެއް ޖެހިފައިނެތް ކަމަށެވެ. އަދި ވިސްނުން ހުރީ ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވަން ކަމަށާއި ރައީސް ނަޝީދާއެކު ޖޭޕީން ކުރަމުން އަންނަ މަޝްވަރާތައް ދާނީ ކުރިއަަށް ކަމަށް އިލްހާމް ވިދާޅުވިއެވެ. ”ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް މި ޕާޓީން ތައްޔާރުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ” އިލްހާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވާއިރު އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ  މާދަމާ ރޭ 20:30 ގައި ކާނިވަލް ސަރަހައްދުގައެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙްއެވެ. މީގެއިތުރުން އެމްއެންޕީގެ ޓިކެޓުގައި އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އިންތިހާބުގައި ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް