ދުނިޔެ

ކޮވިޑް-19: އޮސްޓްރޭލިއާއިން މިއަދު ފައްސިވީ އަދަދު ސުމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާތްގަނޑަކަށް ފަސް މަސް ފަހުން، އޮސްޓްރޭލިއާގައި މިއަދު ކޮވިޑަށް އެއްވެސް މީހަކު ފައްސި ނުވާކަމަށް ރިކޯޑު ކުރެވިއްޖެއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާއިން މިއަދު ކޮވިޑަށް އެއްވެސް މީހަކު ފައްސިވެފައި ނުވުމުން، އެޤައުމުގައި ވެސް އިއުލާނު ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެންދާނެ ކަމުގެ ފުރުސަތު ވަަރަށް ބޮޑަށް އެބައޮތް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓު ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފެށި ފަހުން އެންމެ ފުރަތަމަ ފަހަރަށް ކޭސްތަކުގެ އަދަދު ސުމަކަށް ގޮސްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގައެވެ.

ފަންސަވީސް މިލިއަން މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ އޮސްޓްރޭލިއާ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމު ލޮކްޑައުން އަކަށް ގެންގޮސް އާބާދީގެ ބޮޑު ބައެއްގެ ސާމްޕަލްތައް ނަގާފައިވާއިރު، އޮސްޓްރޭލިއާ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ 90 އިންސައްތަ ނިސްބަތްވާ އެގައުމުގެ ވިކްޓޯރިިއާ ސްޓޭޓް ލޮކްޑައުންކޮށް ކާފިއު ހިންގާފައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ރައްޔިތުން ދެއްވާ އެއްބާރުލުމަށާއި، ސިއްޙީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްތަކަށް ހަންޓު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!