Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރީނާ ފިލްމު ކުޅޭތާ 23 އަހަރު!

ކަރީނާ ފިލްމު ކުޅޭތާ 23 އަހަރު!

އެކްޓެރެސް ކަރީނާ އަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފަރާތެކެވެ. ކަރީނާގެ ފިލްމުތަކަށް އެތައްހާސް ބައެއްގެ ލޯބި ލިބިފައިވެއެވެ.

ހުކުރު ދުވަހަކީ، ކަރީނާ ފިލްމު ކުޅޭތާ 23 އަހަރު ފުރުނު ދުވަހެވެ. މިކަން ފާހަގަކުރުމަށް ކްލެޕްބޯޑެއްގެ ކުރިމަތީގައި އިނދެ ނަގައިފައިވާ ފޮޓޯއެއް ހިއްސާކޮށް ކަރީނާ، އެ ފޮޓޯގެ ކެޕްޝަނުގައި ލިޔުނީ 23 އަހަރު ފުރިހަމަ ކުރެވިއްޖެ ކަމަށާއި، ކުރިއަށް ވެސް 23 އަހަރު އެބައޮތް ކަމަށެވެ. އޭނާގެ މި ޕޯސްޓައް ގިނަ ބަޔަކު ކޮމެންޓު ކުރިއިރު، ގިނަ ކޮމެންޓުތަކުގައި ކަރީނާއަށް ވަރަށް ތައުރީފުކޮށްފައިވެއެވެ. ކަރީނާގެ އެންމެ ފުރަތަމަ ފިލްމު ނުކުތީ 2000 ވަނަ އަހަރުއެވެ. އެއީ ފިލްމު ރެފިއުޖީއެވެ. އޭނާ މިހައިތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް