Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރައްވައިފި

ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރައްވައިފި

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ ކެންޑިޑެސީ ފޯމުގައި ސޮއިކުރައްވައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވާ ކަރެކްޝަންސް މެދުވެރިކޮށް އެ ލިޔުންތައް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ.

Advertisement
Ooredoo — Square (box)

އެކަމާއި ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހަނިކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް