ޚަބަރު

ކޮވިޑް19: މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ދެންމެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިޢުލާނެއްގައި މި ލުއިތައް ވަނީ ތަފްސީލް ކޮށްދެއްވާފައެވެ.

އެޗްޕީއޭ އިން ދީފައިވާ ދީފައިވާ ލުއިތަކުގެ ތެރޭގައި:

1. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުން.
2 .ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުން.
3 .އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރުތައް ބަލަން ދިޔުން.
4 .ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުން.
5 .ގޭގައި މަސައްކަތް ކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނިކުމެ މަސައްކަތްކުރުން.

މީގެ އިތުރުން މާލެ ތޭރޭގައި އުޅެވޭ ވަގުތުތައް ވެސް ވަނީ އިތުރު ކޮށްފައެވެ. މިގޮތުން، މާލެ، ހުޅުމާލެ، ވިލިމާލޭގައި ރޭ ގަނޑު 12:00 އިން ފެށިގެން ފަތިހު04:00  އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާ ކޮށްފައިވާއިރު، މީގެ ކުރިން ދަންވަރު 11 ގެ ފަހުން މަގުމައްޗަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ.

Ads by PNC
  1. ޢާދަނުބެ

    ޙަމައެކަނި މާލޭ ސަރަހަޢްދައް ލުއި ދިނީމަ ވޭތަ މިހާރުވެސް ރާއްޖެތެރޭ މީހުން ޗުއްޓީ ނެތުމާ ކަރަންޓީނު ވާންޖެހުމުގެ ސަބަބުން އަނބިދަރިން ކައިރިޔަށްނުދެވި ތާށިވެފަ މިތިބީ ސަރުކާރުން ކޮންމެވެސް ކަހަލަ ގިތެއްހަދައިދެން އެބަޖެހޭ ކަރަންޓީނުވާން 14 ދުވަސް ދޭނަމޭކިޔާފަ އެވެސްނުދޭ ކޮޜޯނާ ނުޖެހުނަސް ރަށަށްދެވޭނެ ގިތެއްނެތް