ދުނިޔެ

ވެކްސިންގެ ހަބަރާއެކު ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވާނެ ކަމުގެ އުއްމީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ވެކްސިން އުފައްދާ ގިނަ ފާމަސޫޓިކަލް ފާރމް ތަކުން އުފައްދާފައިވާ ވެކްސިންތައް 90 އިންސައްތަ ކާމިޔާބު ވުމާ ގުޅިގެން ދިރިއުޅުން އާންމު ހާލަތަކަށް ވަރަށް އަވަހަށް ބަދަލުވާނެ ކަމުގެ އުއްމީދު އައު ވެއްޖެއެެވެ.

Ads by WAMCO

އިނގިރޭސި ވިލާތުގެ ޕްރޮފެސަރެއް ކަމަށްވާ ޖޯން ވެލް ވިދާޅުވީ އާންމު ހާލަތަކަށް ބަދަލުވާން އުޅޭ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނާ މީހަކީ ފަހަރުގައި ހަމައެކަނި އޭނާ ކަމަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް އާންމު ހާލަތަކަށް ދިރިއުޅުން ބަދަލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތްކަމަށް ޖޯން ވެލް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ވެކްސިންތައް އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކޮށްފައިވާއިރު، ޕްރޮފެސަރު ޖޯން ވިދާޅުވީ ޓެސްޓު ކުރި މީހުން ފިޔަވާ އެހެން މީހުންނަށްވެސް މި ވެކްސިން ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމަ މީގެ އެތައް ވެކްސިންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެން ވެސް އިންސާނުންނަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި 44،000 ބޭނުން ކޮށްފައި މި ވެކްސިންގެ ނަތީޖާ މިހާތަނަށް ވަރަށް ކާމިޔާބެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމަށް އެކިކަހަލަ ދަތިތަކާ ކުރިމަތިވެފައިވާއިރު އެންމެން ވެސް އުއްމީދު ކުރަމުން ދަނީ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވާނެ ދުވަހަކަށެވެ.

Ads by Ooredoo
  1. މުހަނމަދު

    ހަަަާދަ ރަނގަލު ހަބަރެކޭ ތީ