ޚަބަރު

ގާސިމް އަތުން ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު ސިވިލް ކޯޓަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުން ހަ މިލިއަން ރުފިޔާ ހޯދަން އެދި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ޑީއާރުޕީއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކަވާނެ ކަމަށް ވިދާޅުވެ ނެންގެވި ފައިސާ ނުދެއްކެވުމުން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި ކަމަށެވެ.

އެ ޓްވީޓާއެކު ކޯޓަށް މައްސަލަ ހުށަހެޅި ފޯމު ވެސް ހިއްސާ ކޮށްފައިވެއެވެ. އެ ފޯމުގައި ވާގޮތުން ގާސިމްގެ އަތުން ޖާބިރު ހޯދަން ހުށަހަޅާފައިވާ ފައިސާގެ އަދަދަކީ ހަ މިލިޔަން ދެހާސް ތިންސަތޭކަ ރުފިޔާއެވެ.  އެއީ ޖާބިރުގެ އަތުން ނެގި އެއް މިލިއަން ޑޮލަރުގެ ތެރެއިން 65،000 ޑޮލަރު ނުދީ ހިފަހައްޓާފައި ވާތީ އަނބުރާ ދައްކަން ޖެހޭ އެއް މިލިއަން ދެހާސް ތިންސަތޭކަ ރުފިޔާ އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މެދުވެރިކޮށް ނެންގެވި ފަސް މިލިއަން ރުފިޔާއެވެ.

ފޯމާއެކު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެއްގެ ކޮޕީވެސް ވެސް ހުށަހަޅުއްވާފައެވެ. އެ ޗެކަކީ އެއް މިލިއަން ޑޮލަރުގެ ޗެކެކެވެ. އަދި ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ ދައުވާ ލިބޭ ފަރާތުގެ އަތުން ނަގާފައިވާ ފައިސާކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި، އަދި ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އެކީ އެއްފަހަރާ ދައުވާ ކުރާ ފަރާތަށް ދިނުމަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުކުމް ކުރުމަށް ވެސް ފޯމުގައި އެދިފައި ވެއެވެ.

  1. ބޭންކް އޮފްޖާބިރް