ޚަބަރު

ޓެލެކޮމް އިތުރު ކުންފުންޏަކާއެކު އަގުތައް ހެޔޮވާނެކަމަށް ބެލެވޭ: ފައްޔާޒް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އާ ޓެލެކޮމް އޮޕަރޭޓަރެއް ހިންގުމަށް ލައިސެންސް ދިނުމާއެކު، ޓެލެކޮމް ހިދުމަތްތަކުގެ އަގުތައް ހެޔޮ ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ދައުލަތު ބަޖެޓު ދިރާސާ ކުރަމުންދާ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް މިއަދު ފައްޔާޒް ހާޒިރު ކޮށްފައިވާއިރު، މި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޓެލެކޮމް އިތުރު ކުންފުންޏަކާއެކު ވާދަވެރިކަން އިތުރު ވެގެންދާނެ ކަމަށެވެ، އަދި އެއީ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ހިދުމަތްދެމުން އަންނަ އުރީދޫއާ ދިރާގަށް އާ ކުންފުންޏެއް އައި ކަމުގައި ވިޔަސް ގެއްލުން ނުވާނެ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޢާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު ޢާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އަދި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ވަނީ ހުޅުވާލާފައެވެ.

 

Ads by Ooredoo
  1. ހުސެންބެ ގުޑު

    އިންޑިއާ ކުންފުންޏަކައް ދޭންވެގެން ތިއުޅެނީ..ޛީ ދީ ހުސްކުރޭ..ރައްޔަތުން މިތިބީބަލޭ..