ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. މިއީ ކޮވިޑް ޖެހިގެން މިއަދު ނިޔާވި 2 ވަނަ މީހާއެވެ. މިއާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 44 އަށްވަނީ އަރާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން މިރޭ ނިޔާ ވެފައި ވަނީ ފިރިހެނެކެވެ. މީގެ ކުރިން މިއަދު ކޮވިޑަށް ފަރުވާ ކުރަމުން ދަނިކޮށް ނިޔާވެފައި ވަނީވެސް ދިވެހި ފިރިހެނެކެވެ. އޭނާއަކީ އުމުރުން 79 އަހަރުގެ މީހެކެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 50 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12،204 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11،289 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 249 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 47 މީހުންނެވެ.