އިންޑިއާގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށް މަރާލައިފި
އުމުރުން އެންމެ 5 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އިތުރު ބައެއް ކައިރީގައި އެވާހަކަ ބުނެފާނެތީ ރޭޕް ކުރި މީހުން އެ ކުއްޖާ މަރާލައިފިއެވެ.
އިންޑިއާގެ ސިޓީއެއް ކަމަށް ވާ އޮޑިޝާ ގައި ނުރައްކާތެރި ރޭޕް ހާދިސާއެއް ހިންގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ހުކުރު ދުވަހު ހިއްސާކޮށްފައެވެ.
މި އަންހެން ކުއްޖާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އާއިލާއާއި އަވައްޓެރިން އަވަދިނެތި މި ކުއްޖާ ހޯދަމުން ދިޔައިރު ހުކުރު ދުވަހުގެ ވަގުތެއްގައި މި ކުއްޖާ ފެނިފައި ވަނީ ބޮޑެތި ޒަހަމްތަކަކާއެކު ގަސް ބޯ ޖަންގައްޔެއްގެ ތެރޭގައި މަރުވެފައި އޮއްވައެވެ.
ފެނުމާއިއެކު ފުލުހުންނަށް ގުޅައި އާއިލާއިން ހަބަރު ދިނެވެ. އެ ސިޓީގެ ފުލުހެއް ބޭރު ނޫހަކަށް ހަބަރު ދީފައިވާ ގޮތުން އެ ކުއްޖާގެ އާއިލާއިން ރިޕޯޓް ކުރުމާއެކު އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
މީގެ އިތުރުން މި ހިނގައިދިޔަ އޮކްޓޯބަަރު މަހުގައި ވެސް 6 އަހަރުގެ ކުއްޖަކު ވަނީ ރޭޕް ގެ ޝިކާރައަކަށް ވެ ލިބުުނު ގެއްލުމަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭޕް ކުރިތާ 10 ވަނަޔަށް ވީ ދުވަހު ނިޔާވެފައެވެ. މި ކުއްޖާ ރޭޕް ކޮށްފައި ވަނީ އާއިލާ މީހެއް ކަމަށް ހަބަރުތަކުގައި ވެއެވެ.
5 އަހަރުގެ މި ކުއްޖާގެ މަރާއެކު އިންޑިޔާގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. ރޭޕް ކުރުން އިންޑިޔާގައި އާންމު ކަމަކަށް ވެފައި ވާއިރު މިދިޔަ އަހަރު އެކަނިވެސް 90 އަށް ވުރެ ގިނަ ރޭޕް މައްސަލަތައް ވަނީ ރިޕޮޓްކުރެވިފައެވެ.
އިންޑިޔާގައި މިކަހަލަ ރޭޕް ކޭސް ތައް ދުވަހެއް ދުވަހަކަށް ދަނީ ގިނަ ވަމުންނެވެ. އިންޑިޔާ އަކީ ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ މިފަދަ ކަންކަމުގައި އެންމެ ނުރައްކާތެރި އެއް ގައުމެވެ.