އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ ނިންމާލައިފި

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަހުސްގައި ވާހަކަފުޅު ދައްކަވާފައިވަނީ ޖުމްލަ 69 މެންބަރުންނެވެ. އަދި ބަހުސްގައި 15 ގަޑިއިރަށް ވުރެ ގިނައިރު ހޭދަ ކުރެވުނުކަމަށް ރިޔާސަތުން ވަނީ އިއުލާނު ކޮށްފައެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެކަމަށް ލަފާ ކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. މި ބަހުސްއަށް ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މިބަޖެޓަކީ ދަރަނި ބަޖެޓެއް ކަމަށާއި، މިހާ ބޮޑު އަދަދެއްގެ ބަޖެޓެއް މަޖިލީހުން ފާސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ބަޖެޓް ބަހުސްއަށްފަހު މެމްބަރުން ދެއްކެވި ވާހަކަތަކަށް ރިޢާޔަތްކޮށް، ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ބަދަލުތަކެއް ގެންނާނެއެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރާ ކުރިމަތިލާއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައި ވަނީ 33.3 ބިލިއަން ރުފިޔާއެވެ.