ދުނިޔެ

ދެވަނަ ދަރިފުޅު ވަކިވެގެން ދިޔައިރު އަހަރެން ހުރީ ފުރަތަމަ ދަރިފުޅު ގައިގައި އޮޅުލައިގަނެގެން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ އަމީރު ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ ދެވަނަ ދަރިފުޅު ބައިގެން ދިޔަ ހާދިސާ، ނުހަނު އަސަރާއެކު މޭގަން ހިއްސާ ކޮށްފިއެވެ.

Ads by Sosun Fihaara

އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު އާޗީ އާއެކު މިހާރު ލޮސް އެންޖެލަސް ގައި ދިރިއުޅެމުންދާއިރު، މޭގަން ބުނީ އެމީހުންގެ ދެވަނަ ދަރިފުޅު ބައިގެން ދިޔައީ މިއަހަރުގެ ޖުލައި މަހު ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އަށް ދިން އެޚާއްސަ އިންޓަވިއުގައި މޭގަން ބުނީ، އޭނާ އެވަގުތު ހުރީ އާޗީގެ ނެޕީ ބަދަލު ކުރަން ކަމަށެވެ. ނަމަވެސް އަކުނިވަޔަށް ދަމާ ފަދައިން ކުއްލިއަކަށް ތަދެއް އެރުމުން ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށިކަމަށް މޭގަން ބުންޏެވެ.

"އަހަރެން އެވަގުތު އާޗީ ހުއްޓުވުމަށާއި ، ހަމަޖެހިލުމަށް ކުޑަކުދިންނަށް ކިޔައިދޭ ލަވަތައް ކިޔައިދޭން ފެށިން. އެކަމަކުވެސް އަހަންނަށް އެވަގުތު ލިބެމުން ދިޔައީ ވަރަށް ބޮޑު ވޭނެއް. އަަހަރުމެންގެ ދެވަނަ ދަރިފުޅު ވަކިވެގެން ދިޔައިރު އަހަރެން ހުރީ ފުރަތަމަ ދަރިފުޅު ގައިގައި އޮޅުލައިގަނެގެން" މޭގަން ބުނެފައިވެއެވެ.

މޭގަން ބުނި ގޮތުގައި އެދުވަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ގާތުގައި ހެރީ ހުއްޓެވެ. އޭނާ ވެސް ހުރީ ރޮވިފައި ކަމަށް މޭގަން ބުންޏެވެ.

ދަރިއަކު ވަކިވެގެން ދިގުމުގެ ވޭނަކީ ވަރަށް ވެސް ބޮޑު ވޭނެއް ކަމަށާއި، އެވޭނާއި ހިތާމަ އަދިވެސް އެދެމަފިރިން ދަނީ އުފުލަމުން ކަމަށް މޭގަން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!