ކާގޯ ފެރީގެ ހިދުމަތް ތިނަދޫ އާއި އައްޑޫ ސިޓީއަށް ފަށައިފި

ގދ.ތިނަދޫ އަދި އައްޑޫ ސިޓީއަށް އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫ އަދި ތިނަދޫއާއި އިންޑިއާ ދެމެދު ސީދާ ދަތުރުތަށް ފެށި ފުރަތަމަ ކާގޯ ބޯޓު ޓުޓިކޮރިން ބަނދަރުން މިހާރު ފުރާފައިވާ ކަމަށެވެ.
މީގެ ކުރިން ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވަނީ، އައްޑު އަށާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.އަދި ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޑައިރެކްޓްކޮށް މުދާ ގެނެވެމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރުގެ ކެޕޭސިޓީ ހުރި ފެރީއެކެވެ. ކާގޯ ފެރީގެ ހިދުމަތް ކުރިއަށް ދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.