ބޮލީވުޑް މުނިފޫހިފިލުވުން

ސުޝާންތަށް އިންސާފު ނުލިބެނީސް ލޯބިވެރިޔާއާއެކު ނެށުމުން، އަންކިތާ ކުށްވެރިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރު އިވުނު ޚަބަރުތަކަށް ބަލާއިރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވުން ވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް ކުއްލި ސިހުމެއް ލިބުނު ޚަބަރަކަށެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި ހުއްޓާ ފެނިފައިވަނީ ބާންޑްރާގައި ހުންނަ އޭނަގެ ގޭ ތެރެއިންނެވެ.

ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް ހެދި ހުރިހާ ޕޯސްޓްމޯޓަމުން ދެއްކި ކަމުގައިވިޔަސް، އެކަން އޭނަގެ ޢާއިލާއާއި ސަޕޯޓަރުން ޤަބޫލެއް ނުކުރެއެވެ. އެކަން ޤަބޫލު ނުކުރާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޭނަގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންްޑޭ ވެސް ހިމެނެއެވެ.

އެގޮތުން ސުޝާންތަކީ ކޮންކަހަލަ މީހެއްކަން ކިޔައިދީ އަންކިތާ އިންޓަވިއުތައް ވެސް ދީފައިވާއިރު، އޭނައަށް އިންސާފު ހޯދައި ދިނުމަށް ވެސް އަންކިތާ ވަނީ ގޮވާލާފައެވެ.

ނަމަވެސް ދާދި ފަހުން އިންސްޓަގްރާމްގައި އޭނާ ހިއްސާ ކުރި ވީޑިއޯއެއްގެ ސަބަބުން، ގިނަ ބައެއްގެ ކުރިމަތީގައި އަންކިތާ ވަނީ ކުށްވެރިވެފައެވެ.

ލޯބިވެރިޔާ ވިކީ ޖެއިން އާއެކު ރިތިކް ރޯޝަންގެ ލަވައަކަށް، ނިދާހެދުން ލައިގެން އަންކިތާ ފައިހަމަ ކުރި އެވީޑިއޯއަށް ބައެއް މީހުން ތައުރީފު ކުރި ނަމަވެސް، ސުޝާންތުގެ ފޭނުންނަށް އެވީޑިއޯ ހަޖަމްކުރުން ވީ އުނދަގޫ ކަމަކަށެވެ.

އެގޮތުން އޭގެ ތެރެއިން ބައެއް މީހުން ބުނީ ސުޝާންތަށް އަދިވެސް އިންސާފު ނުލިބޭއިރު ބައެއް މީހުން އުޅެނީ ލޯބިވެރިޔާއާއެކު ނެށުމުގައި ކަމަށެވެ. އަނެއް ބަޔަކު ބުނީ ސުޝާންތު ނެތަސް އަންކިތާ އަމިއްލަ ދިރިއުޅުމައިގެން އުޅުން "އޯކޭ" ކަމަށެވެ. ނަމަވެސް އެ އުފާވެރިކަން އެހެން މީހުންނަށް ނުދެއްކުމަށް ބުންޏެވެ.

އެހެންބަޔަކު ބުނީ ސުޝާންތު މަރުވެގެން ހަގީގަތުގައި އަންކިތާ ދެރަނުވާ ކަމަށާއި، އެދުވަސްކޮޅު މަޝްހޫރުކަން ހޯދަން ކަން ދެއްކުނީ ކަމަށެވެ.

ފޭނުންގެ މިވާހަކަތަކަށް އަންކިތާ އެއްވެސް އެއްޗެކޭ ބުނެފައިނުވާއިރު މިކަމާއި ގުޅޭގޮތުން ސުޝާންތުގެ އާއިލާއިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!