ޚަބަރު ދިވެހި ސިނަމާ

މާތް ﷲ އަށް ޓަކައި ސްޓެޕްސް އައްޔަ މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަލީ ޝާހިދު (ސްޓެޕްސް އައްޔަ) މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލައިފިއެވެ.

Ads by MWSC

ފޭސްބުކްގައި މިރޭ އައްޔަ ލިޔުނު ސްޓޭޓަސް އެއްގައި ބުނެފައި ވަނީ ފިލްމީ މަސައްކަތްތަކާއި ނެށުމާއި ލަވަކިޔުން މާތް ﷲ އަށްޓަކައި ހުއްޓާލަން ނިންމައިފި ކަމަށެވެ.

"ދެން" އަށް މައުލޫމާތު ދެމުން އައްޔަ ބުނީ މިނިންމުން ނިންމަން ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، އައްޔަގެ އާއިލާއަކީ ވެސް މުނިފޫހިފިލުވުމުގެ ދާއިރާއާއި ދުރު ބައެއްކަމަށެވެ. އެހެންކަމުން ދީނާމެދު ފުންކޮށް ވިސްނާ، ޙަޔާތުގެ ބާކީ ބައި މާތް ﷲ ރުއްސަވާ ވޮޑިގެންވާ އަޅެއްގެ ގޮތުގައި ހޭދަކުރަން ނިންމީ ކަމަށެވެ.

އައްޔައަކީ ސިޔާސީ ދާއިރާގައި ވެސް އުޅޭ މީހަކަށްވުމުން ދީނަށްޓަކައި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލި ގޮތަށް އެދާއިރާ ވެސް ދޫކޮށްލާނީތޯ އެހުމުން އައްޔަ ބުނީ އޭނާ އަކީ މިހާރު ވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމަށާއި ޕާޓީގެ މަސައްކަތްތައް ކުރާނީ އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑު އުޅޭ ސިޔާސީ ޕާޓީއަކީ އިސްލާމްދީނާއި ދެކޮޅު ޕާޓީއެއްނަމަ، އިސްލާމް ދީނަށްޓަކައި އެޕާޓީއެއް ވެސް އަޅުގަނޑު ދޫކޮށްލާނަން" އައްޔަ ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އައްޔަ އަކީ މިހާރު ޕީޕީއެމް ގެ މެންބަރެކެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލިއިރު އޭނާ އެދާއިރާގައި 23 އަހަރު ހޭދަ ކޮށްފައިވެއެވެ.

Ads by HDC
  1. އައްޔަ

    ވަރަް ވެސ ހެޔ ޢަމަލެް. ބަރަކާތ ލައްވާށ.

  2. އަރްޔަ

    ސުރުހީ ކިޔާލާފަ އަޅުގަނޑު ހީކުރީ މުނުފޫހި ފިލުވުމަކީ ހަރާމްކަމެއްކަމަށް

  3. ދީންމެދު

    ދިވެހި ރާއްޖޭގައި ބަނގުރަލާ އޫރުމަސް ކަމަކަށް ނުހަދައި އެވިއްކާ އަނބިދަރިން ނަށް ކާންދީ އެލާރިއިން ހައްޖު ކޮއް ހެދިޔަކަސް ހަމަ ހިލާ ހަލާލުވާނެ ގޮތެއްނެތެވެ ހަމަ އެފަދައިން މިއުޒިކް ކުޅުމާ ސިގިރޭޓް ބުއިމާ ނެށުން ފަދަ ކަންކަމީ ހަލާލް ކަމަކަށް ވާނެބާ؟