ޚަބަރު

ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫ: ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫސިޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.

އައްޑޫ އަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅު ކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކޮށްފިނަމަ، މުޅި ރާއްޖެއަށް އޭގެ މަންފާ ލިބޭނެ ކަމަށެވެ.

ގުދުރަތީ ރީތި ކަމަކީ ހަމައެކަނި ރީތި ދޮންވެލި ގޮނޑު ދޮށް ނޫން ކަމަށާއި ރާއްޖެ އަށް އަންނަ ފަތުރުވެރިން ބޭނުން ވާނީ އަބަދު ދޮންވެލި މަތީގައި އޮށޯވެ ތިބެން ނޫންކަން ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރަށް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތްތެރިކަމުގެ ތެރޭގައި ގަސްގަހާ ގެއްސާއި، ފަތްޕިލާވެއްޔާއި، މާމެލާވެއްޔާއި ދޫނި ސޫފާ ސޫފި، އެއީ ގުދުރަތީ ގޮތުން މީހުން ޝައުގުވެރިވާ ކަންކަން ކަމަށެވެ.

"ގިފިލިދޮށް އަޅުގަނޑުމެން ނުވިއްކާ. ބެކްގާޑަން އަޅުގަނޑުމެން ނުވިއްކާ. އަޅުގަނޑުމެންގެ ގަސްގަހާ ގެއްސާއި، އަޅުގަނޑުމެންގެ ފަތްޕިލާވެއްޔާއި، އަޅުގަނޑުމެންގެ މާމެލާމެއްޔާއި، އަޅުގަނޑުމެންގެ ދޫނި ސޫފާ ސޫފި، އެއީ ގުދުރަތީ ގޮތުން މީހުން ޝައުގުވެރިވާ ކަންކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ތައާރަފްކޮށް ގުދުރަތްތެރިކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Ads by PNC
  1. ދިރާސާ

    ނަޝީދު ތީ ބޮޑު ޖޯކަރެއް

  2. ރައްްޔިތުން

    ކީރިތި ޤުރުއާން އަކީ އެންމެ ސައްޙަ ފޮތް އެއީ اللهގެ ވަހީ . އަންނި ކަހަލަ މީހަކަށް އަދި އެއްވެސް އެހެން މީހަކަށްވެސް ކީރިތި ޤުރުއާންގެ ސައްޙަ ކަމާމެދު ގޮން ޖަހާ ނުލެވޭނެ. އެއީ ގިޔާމަތާ ހަމަޔަށް އެ ސައްޙަކަމާއެކު ދެމި އޮންނާނެ ފޮތް. އެއީ މުސްލިމުންގެ ދުސްތޫރީ އަސާސް. އެކަން ނޭގޭ މީހުން އިސްތިއުފާ ދީފާ ދަސްކުރޭ.