ޚަބަރު

މައިމޫނާގެ މަންމާފުޅު އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑައިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމާފުޅު، ހއ. އިހަވަންދޫ/ ވައިޖެހޭގޭ ޖަމީލާ ޙުސެއިން (82އ.) އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ޖަމީލާ ޙުސެއިން މިއަދު އަވަހާރަވީ ވަރަށް ގިނަ ދުވަސް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އޭނާއަކީ ޝީގެ ސީއީއޯ ޑރ. އަހުމަދު ޝަފީއުގެ ވެސް މަންމާފުޅެވެ.

މައިމޫނާގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

"މާތް ﷲ އާއިލާ އަށް ކެތްތެރިކަން ދެއްވައި މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މައިމޫނާގެ މަންމާފުޅު އަވަހާރަވީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. އެކަމަނާ އަވަހާރަވީ ކޮވިޑް-19 ޖެހިގެން ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!