ޚަބަރު

މީހުންނަށް ޤަބޫލު ނުކުރެވޭ ވަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިވޭ: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

މީހުންނަށް ޤަބޫލު ނުކުރެވޭވަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ފަސް އަހަރަކީ ދިވެހިރާއްޖޭގައި އިޤްތިސާދީ ބޮޑެތި ހަރަކާތްތައް ހިނގައިދިޔަ ފަސް އަހަރު ކަމަށެވެ. އަދި ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރެވުނު، މަސައްކަތް ނިމިގެން ދިޔަ ސަރުކާރެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ޕްރޮޖެކްޓްތަކާއި ޕްރައިވެޓް ސެކްޓަރ ތަކުގެ މަސައްކަތް ވެސް ކުރެވިގެން ދިޔަ ކަމަށާއި މީގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާޢަތު ކަމަށްވާ، ޓުއަރިޒަސް ދާއިރާގެ ގިނަ މަސައްކަތްތައް ކުރެވުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި އެ ފަސް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސައްކަތްތެރިން އައިކަން ފާހަގަ ކުރަމުން ޝިޔާމް ވިދާޅުވީ ނިމި ދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ދިރިއުޅެމުންދާ ބިދޭސީންނާ މެދު ފިޔަވަޅު އެޅިފައި ނެތް ކަމަށާއި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް މި ކަމަށް ފިޔަވަޅެއް އެޅިފައި ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!