ހަގީގީ ހާދިސާ ދީން

ޙަޤީޤީ ޙާދިޘާ: މަންމައަށް ވުރެ އަނބިމީހާދެކެ ލޯބިވި ފިރިހެނާ

ދެން އެމްވީ ، ދެން އޮންލައިން

ހެދި ބޮޑުވެ ، އަމިއްލައަށް މަސައްކަތް ކޮށް އަނބިދަރީންނާއެކު އުޅެމުންދާ ތިބާ ވިސްނާލަބަލާށެވެ. ތިބާވެސް މި ދުނިޔޭގައި ނެތް ޒަމާންތަކެއް ދިޔައެވެ. އޭގެފަހުން މިދުނިޔެއަށް އުފަންވެ މަންމަގެ އުނގުގައި ދުވަސްތަކެއް ހޭދަ ކުރީމުއެވެ. އޭގެ ފަހުން ކުޑަކުއްޖެއްގެ ޙަޔާތުން ޒުވާނަކަށް ބަދަލުވެ ދިޔައިރު ވެސް ތިބާގެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ މަންމައެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް މަންމަ އަކީ މީހެއް ނޫނެވެ. އެއީ މުސްކުޅިއެކެވެ. އެއީ އުފުލަން ޖެހިފައިވާ ބުރައެކެވެ.

Ads by STELCO

މިއީ އެފަދަ މީހެއްގެ ވާހަކައެކެވެ. މަންމައަށް ވުރެ އޭނާއަށް މުހިންމުވީ އަނބިމީހާއެވެ.

ރަންރިހި ވިއްކާ ފިހާރައެއްގެ ސޭޓް ކިޔައިދީފައިވެއެވެ.

އެއްދުވަހަކު އޭނާގެ ފިހާރައަށް ދެމަފިރިއަކު އައެވެ، އެ ދެމީހުންގެ ފަހަތުގައި އެ ފިރިހެން މީހާގެ މަންމަ ، މާމަ ދަރިފުޅު އުރައިގެން ހުއްޓެވެ. އެ ހަތަރު މީހުން ފިހާރައަށްވަދެ . އަނބިމީހާ ހިތު ހުރި ވަރަކަށް ރަންރިހީގެ ގަހަނާތައް ނެނގިއެވެ. އެންމެ ފަހުން ސޭޓް ގާތުން ހިސާބު އަހާލިއެވެ.

ސޭޓް ހިސާބުތައް ނިންމާފައި އަގު ބުންޏެވެ. 20100 ރިޔާލް ކަމުގައި ބުންޏެވެ. އެހިނދު ހިސާބު ގޯސްކަމަށް ވިސްނި ފިރިހެން މީހާ ބުންޏެވެ. އަހަރެމެން ވެސް ހިސާބު ހެދީމުއެވެ. ނަމަވެސް އަހަރެމެންނަށްވަނީ 20،000 ރިޔާލެވެ. އިތުރުމިވަނީ ކޮން 100 އެއް ހެއްޔެވެ؟

ސޭޓް ބުންޏެވެ. އެއީ އެހެރަ މުސްކުޅި މީހާ ނެނގި އަނގޮޓިއެއްގެ އަގެވެ. އެއަށް އަރަނީ 100 ރިޔާލެވެ. ހަމައެހެން ބުނުމާއެކު ވަގުތުން އޭނާ އޭނާގެ މަންމަގެ ގާތަށް ގޮސް މަންމަގެ އަތުގައި އޮތް އަނގޮޓި ނަގާ ސޭޓާއި ޙަވާލު ކުރިއެވެ. މުސްކުޅިން ރަން އަޅާކަށް ނުވާނެއޭ ބުނެ މަންމަ ހިތް ދަތިކޮށްލިއެވެ.

އެވަގުތު މަންމަ ގިސްލާފައި ރޯން ފަށައިފިއެވެ. ކަރުނަތައް އޮހޮރެން ފަށައިފިއެވެ. އަވަސްއަވަހަށް ފިހާރައިން ނިކުމެ ކާރާއި ދިމާއަށް ދިޔައެވެ. އޭރު ވެސް އެ މަންމަގެ އުރުގައި މާމަ ދަރި އިނެވެ. ކުއްލިއަކަށް އަނބިމީހާ ، ފިރިހެން މީހާއާއި ދިމާލަށް ބުންޏެވެ. '' ކިހިނެއް ތި ހެދީ ، ތިހެން ހެދީމާ އޭނާ ދެން އަހަރެމެންގެ ދަރިފުޅު ނުވެސް އުރާނެ ، އެ ދަރިފުޅު ނުވެސް ބަލާނެ ، އެހެން ވެއްޖިއްޔާ ދެން އަހަރެންނަށް ވަރަށް ބުރަ ވާނެ ، ވަރަށް އުނދަގޫ ވާނެ''އެދެމަފިރިންގެ ވާހަކައިން ، މަންމައަކީ އެމީހުންގެ ޚާދިމާއެކޭ އެއްފަދައެވެ.

ފިރިހެންމީހާ ކަންތައް ކުރި ގޮތުން އަނބިމީހާ ހިތްހަމަ ނުޖެހި ފިހާރައިން ނިކުމެ ކާރާއި ދިމާލަށް ދިޔައެވެ. އަދި މަންމަގެ އަތަށް އަނގޮޓި ދީފައި ބުންޏެވެ. ''ދައްތާ!ހިފާ މި އަނގޮޓީގައި ، މިއީ އަހަރެން ދައްތައަށް ދިން ހަދިޔާއެއް ، އަވަހަށް ހިފާ ، ދައްތަ އަނގޮޓި ބޭނުމިއްޔާ ހިފާ"

މުސްކުޅި މަންމަ ރޮމުން ގެންދިޔައެވެ. އަދި ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ. " ނޫން ،އަހަރެން ބޭނުމެއް ނޫން ، އަހަރެން އެއަނގޮޓި ހޯދީ އަހަރެން އަޅާކަށް ވެސް ނޫން ، މާދަމާއަކީ ޢީދު ދުވަސްވީމާ ހުރިހާ އެންމެން އުފާކުރާއިރު އަހަރެންގެ މިކުޑަކުޑަ މާމަ ދަރީގެ އަތުގައި އަހަރެންގެ ނަމުގައި އަނގޮޓިއެއް އަޅާލަ ދޭން ވެގެން ، އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން''

އެކުވެރީންނެވެ. ދަރީން މައިންބަފައިންނާއި މެދު މިހާ އަނިޔާވެރިވާން ދަސްކުރީ ކޮންތާކުން ބާވައެވެ. ހެޔޮ ވާނެތޯއެވެ. ތިބާ އެމީހަކާއި މެދު އެންމެ ހެޔޮކަން ކަންތައް ކުރަންވީ ކާކާތޯ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސުވާލު ކުރެއްވުމުން ޙަދީޘްފުޅު ކުރެއްވީ މަންމައަށް ކަމަށެވެ. އަދި ދެން ކާކުތޯ ދެފަހަރު ސުވާލު ކުރުމުން ވެސް ޖަވާބުގައި ޙަދީޘް ކުރެއްވީ މަންމަ ކަމަށެވެ. ވީއިރު މިފަދައިން މަންމައިންނާމެދު ޢަމަލު ކުރަން ހެޔޮ ވާނީ ކިހިނެއްތޯއެވެ. އެމީހެއްގެ ފައިތިލަ ދަށުގައި ސުވަރުގެވާ މަންމައާއި މެދު މިފަދައިން ޢަމަލު ކުރާ ދަރީން ވިސްނުން ހުއްޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!