އަދީބު އަތުން ފައިސާ ނެންގެވި ކަމަށް ބުނާ ވާހަކަ ޝަރީފް ދޮގުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 20 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ ވާހަކަ ޝަރީފް ދޮގު ކުރައްވައިފިއެވެ.
މަވޯޓާއަށް ފައިސާ ދެއްވި ކަމަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބު ފުލުހުންނަށް ދެއްވި ސިއްރު ބަޔާނެއްގައެވެ. އަދީބުގެ މި ބަޔާން މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަރީފަށް، އަދީބު 20 މިލިއަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް 'ކޯޓުތަކުގެ ގާނޫނަށް' އިސްލާހު ގެނައުމަށެވެ.
މި ބަޔާން ދޮގުކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ލައްވައި އަދީބު އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައި ނުވާ ކަމަށާއި ހުށަހަޅާފައި ވާނީ އެމްޑީޕީ ރައީސް ބޭނުންފުޅުވި އިސްލާހެއް ކަމަށެވެ.
އޭރުވެސް އެމްޑީޕީގެ ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސް ބޭނުންފުޅުވި ގޮތާ ހިލާފަށް އެކަން ހިނގިނަމަ، އޭނައާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
"ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތައް ނުޖެހޭނަން،" ޝަރީފް ވިދާޅުވިއެވެ.
ދޮގު ކުރެއްވީ ހުރިހާ ކަމެއް ހަމަވީނު. ބޮއި ހަލާކު