ޚަބަރު

ބިން ބޮޑެތި ރަށްރަށުން ބިން ވިއްކޭނެގޮތް ހެދުމަކީ ތަރައްޤީއަށް މަގުފަހިވާނެކަމެއް : މިނިސްޓަރު އަސްލަމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ ބިން އޮތް ރަށްތަކުން، ދިވެހީންނަށް ބިން ގަނެވޭނެ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހާމަ ކުރައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބިން ބޮޑެތި ރަށްރަށުން އެހެން ރަށްރަށުގެ މީހުންނަށް ބިން ވިއްކަން ފެށުމަކީ ރަށްރަށުގެ ތަރައްޤީއަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.

އަދި ބިން ވިއްކައިފިނަމަ އެކަމުގެ ސަބަބުން، ބިން ގަންނަ ފަރާތުން އެ ރަށްރަށަށް ތަރައްޤީއާއި އިތުރު މަންފާތައް ކުރާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ބިމަކީ ވިޔަފާރި ކުރެވޭ އެއްޗަކަށް ވުމުން ރަށުގެ ގޮނޑުދޮށުން ނެއްޓި އެހެން ރަށުގެ ރައްޔިތުންނަށް ވެސް އެ ރަށެއްގެ ބިމުގެ ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން ގެންނަން އެބަޖެހޭ. އަޅުގަނޑު ހިސާބު ޖަހާލީމަ ފުދޭވަރަކަށް ގިނަ ލާރި ލިބޭ ގޮތަށް ރާއްޖޭގެ ރަށްތަކުގެ ބިމުގެ އަގު އެބަހުރި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިސާބު ޖަހައިލުމުން ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ވަރަށް ބައެއް ރަށްރަށުގައި ބިމުގެ އަގު މިހާރު އެބަހުރި ކަމަށާއި އެހެންކަމުން އެހެން ދިވެހީންނަށް އެ ރަށްރަށް ހުޅުވާލައިފި ނަމަ، ރަށްތަކަށް ތަރައްގީ އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި މިފަދަ ވިސްނުން ރަށްރަށުގެ މީހުން ގެންނަން އެބަޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

Ads by HDC
  1. ކަނބުލޮ

    އަސްލަމޫތިޔަ ހިސާބެއް ނުޖެހިއްޔާ ރަނގަޅީ. ކޮތަރު ކޮށީގެ އަގުވެސް ޖެއްސެވީމެއްނޫންތޯ؟ ކިހިނެއްތޯވީ؟ އަގު ދހިމާވޭތޯ؟ ވަރަށް ސަލާމް