މައުސޫމްގެ ނުސީދާ ސުވާލެއް ޔާމީނަށް: ބަދަލުހިފާނެ ބޭފުޅަކު ވަކީލަކަށް ހަމަޖެއްސުން ބުއްދިވެރިތޯ؟

ބަދަލުހިފުމުގެ ވިސްނުމެއް ގެންގުޅެދާނެކަމަށް ބެލެވިދާނެ މީހަކު ތިމާގެ ދިފާއީ މަހާވަކީލު ކަމުގައި ހަމަޖެއްސުމަކީ ބުއްދިވެރިކަމެއްތޯ ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ސުވާލު ކުރައްވައިފިއެވެ.
މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާގެ ކިބައިން ބަދަލުހިފުމުގެ ވިސްނުމެއް ގެންގުޅެދާނެކަމަށް ބެލެވިދާނެ މީހަކު ތިމާގެ ދިފާއީ މަހާވަކީލު ކަމުގައި ހަމަޖެއްސުމަކީ ބުއްދިވެރިކަމެއްތޯ ސުވާލުކުރައްވައި އެހެން އެކަން ވެދާނެ ކަމަށް ހީނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މައުސޫމްގެ މި ސުވާލު އަމާޒުކުރެއްވީ ކޮން ބޭފުޅަކަށް ކަން އަމާޒު ނުކުރެއްވި ނަމަވެސް ބެލެވޭ ގޮތުގައި މިއީ 5 އަހަރުގެ ޖަލު ހުކުމެއްް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް ޔާމީން އަށް އަމާޒުކުރެއްވި ސުވާލެއް ކަމަށް ބެލެވެއެވެ.
ޔާމީންގެ ވަކީލުންގެ ޓީމްގައި އެންމެ އިސްކޮށް ހުންނަވާ ޑރ. ޖަމީލަކީ ޔާމީންގެ ނައިބު ރައީސް ކަމުން ވަކިކުރުމުން ޔާމީންގެ ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލެވި އެކެކެވެ. އިދިކޮޅު އިއްތިހާދުގެ ލީޑަރަކަށް ވެސް އެދުވަސްވަރު ޖަމީލް އައްޔަން ކުރެއްވެވިއެވެ. ޔާމީންގެ ވެރިކަން ބަދަލު ކުރަން ކުރި ކެމްޕޭންގައި ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޖަމީލެވެ.
ތިޔަ ޓުވީޓުގައި ތިޔައީ މައުސޫމުގެ އިބާރާތެއް ވެސް ނޫން. އޭނަޔަކަށް ނުވެސް އެނގޭނެ މަހާ ގެ މާނައެއް ވެސް . ކޮންމެ ވެސް މީހަކު ލޮޔެފަ ދިނީމަ ހަމަމޓުވީޓު ކޮށްލީއޭ. ޕަޕެޓު މައުސޫމް.
އެހެންނޫނަސް އޭނަގެ ދާއިރާގެ ތަރައްގީގެ ވާހަކަ ދައްކަން ވެއއޖެނު. ސޭކު އިމުރާނު ދައްކަބަލަ މިކަހަކަ ވާހަކަ
ަހހަހަ ލަލަލަލަލަލަ
މައުސޫމުވެސް ހާދަޙަސަދަެއްތިވީ މިނިސްޓަރުކަންލިބުނީމަ ރައީސްޔާމީންދެކެ
ކަލެޔައް ތިމަގާމުގައި ހރެވޭނީ މޑޕ ގުންޑާއިންތައް ހިތްހަމަޖައްސައިގެން