ގެންނަންޖެހޭ ބަދަލަކީ ޤާނޫނުއަސާސީގައިވާ ބަރުލަމާނީ ސިފަތައް އުވާލުން: ޢަބްދުﷲ ދީދީ

ރާއްޖޭގެ ވެރިކަން ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކޮށް، ގެންނަން ޖެހޭ ބަދަލަކީ ގާނޫނުއަސާސީގައިވާ ވެރިކަމުގެ ނިޒާމުގައި މިހާރު ހުރި ބަރުލަމާނީ ސިފަތައް އުވާލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ބަހުސް ސިޔާސީ ވެރިންގެ މެދުގައި ކުރެވެމުންދާ މިދުވަސްވަރުގައި ޢަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގާނޫނުއަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުން ކަމަށާއި ރައްޔިތުންގެ ވޯޓަކުން ކަނޑައަޅާފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިއާޔަތް ވެގެން ދާނެ ގޮތަކަށް އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.
"ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގާނޫނު އަސާސީގައި މިހާރު ހުރި ބަރްލަމާނީ ނިޒާމުގެ ސިފަތައް އުވާލައި، ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސެސް ގެ ނިޒާމް ހަރުދަނާކުރުން" ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޢަބްދުﷲ ދީދީ މިއަދު މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީއެސްއެމް އިން ދެއްކި "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަގީގަތުގައި އޮންނަން އެންމެ އެކަށޭނަ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.
ގެންނަން ޖެހޭ އިސްލާހަކީ މުޅިން އެހެން ބަޔަކު ވެރިކަމުގެ މަތީ ފަޑިޔަށް އައިސް އަމާނާތްތެރި ވެރިކަމެއް އިޙްސާންތެރިކަމާއެކު ކުރަންވި