ކަރަންޓީނު ކުރުމުގައި ދިވެހިންނާއި ފަތުރުވެރިން ތަފާތެއް ނުކުރޭ - ރައީސް
ކަރަންޓީނު ކުރުމުގައި ދައުލަތުން، ދިވެހިންނާއި ފަތުރުވެރިން ތަފާތު ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވާ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 މި ބަލިމަޑުކަމަކީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުން ވެފައިވާ ދުވަސްތަކެއް ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖްތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުުރުން ރައީސް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ކުރުމާއި، އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމުގައި ވެސް، ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދުގައި، ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން ދަނީ ތަފާތުކުރުމެއް ނެތިކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށް ދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ ކަރަންޓީނު ކުރުމުގައި ރާއްޖޭގައި ގެންގުޅޭ ސިޔާސަތަކީ ހަމަހަމަ ސިޔާސަތެއް ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ހަމަ ހަމަ ކަމަކީ ނިކަމެތި މީހާ 14 ދުވަސް ސަރުކާރުގެ ބޮޑުން ކަރަންޓީން ވާކަށް ނުޖެހޭ ފަތުރު ވެރިޔާ ކަރަންޓިން ވަކަށް ނުޖެހޭ
ރަނގަޅު ވާހަކަ އެއް. ފެންނަން ހުންނަ ކަކްކަމުގަވެސް މިބައިގަނޑު ދޮގު ހެދުމުގަ
ﷲއަންގަވާފައިވަނީ ތިމެން ރަސޫލާގެއުމްމަތި މީހުން ދޮގުނަހަދާނެކަމަށެވެ ވަﷲއައުލަމަ