ބޮލީވުޑް މުނިފޫހިފިލުވުން

އަހަންނަކީ އަބަދުވެސް ބަނޑު ފުރެންދެން ކައިގެން އުޅޭ މީހެއް: ކަރީނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެވަނަ ދަރިފުޅަށް ބަލިވެއިން ފަހުން ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރް ޚާން މާގިނައިން ކާތީ ބަޔަކު ފާޑުކިޔުމުން އެކަމަށް އޭނާ ނުސީދާކޮށް ރައްދު ދީފިއެވެ.

Ads by Hajj Corporation

ކަރީނާއަށް ފާޑުކިޔާ މީހުން ބުނެފައި ވަނީ ބަލިވެއިން ފަހުން ކަރީނާ ޑަޔަޓު ކުރުން މަތިން ހަނދާން ނެތިފައިވާ ކަމަށާއި މިހާރު މާގިނައިން ކެއި ނަމަވެސް ވިހެއުމަށް ފަހު އަނެއްކާ ވެސް ކަރީނާ ހަށިގަނޑަށް ބަލައިގެން އުޅެން ފަށާނެ ކަމަށެވެ. އަދި ފަހުން އޭނާ އުޅޭނީ އެއްގޮތަކަށް ވެސް ނުކައި ކަމަށް ވެސް މީހުން ބުނެފައިވެއެވެ.

މިފާޑުކިޔުންތަކަށް ރައްދު ދެމުން ކަރީނާ ބުނީ އޭނާ އަކީ އެއްވެސް އިރަކު ކެއުމަށް އެވަރަށް ބަލައިގެން، ވަކި އެއްޗެއް ކައިގެން ވަކި އެއްޗެއް ނުކައި އުޅުނު މީހެއް ނޫން ކަމަށެވެ.

ކަރީނާއަށް އަމާޒުވެފައިވާ މިފަދަ ފާޑުުކިޔުންތަކުގެ ވާހަކަތަކަށް "ފިލްމްފެއާ" އިން އަލިއަޅުވާލަމުން ސުވާލު ކޮށްފައިވަނީ އުމުރުން 40 އަހަރުގައި ވެސް ކަރީނާ ގެ ހަށިގަނޑު އެހާ ރީތިކޮށް ހުރީ ވަކި ޚާއްސަ ޑަޔަޓެއް ކޮށްގެންތޯއެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ އޭނާއަކީ ޕަންޖާބީ އާއިލާއަކަށް ވެސް ނިސްބަތްވާ މީހަކަށްވާތީ، ރަނގަޅަށް ނުކެއުމަކީ ނުވަތަ ވަކި ޚާއްސަ ޑަޔަޓެއް ގެންގުޅުމަކީ އޭނާއަށް ކުރަން އެނގޭ ކަމެއް ނޫން ކަމަށެވެ.

ކަރީނާ ބުނީ ބަލިވެ އިނުމުގެ ކުރިން ވެސް އޭނާ ހުންނަނީ އޭނާ ކާހިތްވާ ހުރިހާ އެއްޗެއް ވެސް ބަނޑު ފުރެންދެން ކައިގެން ކަމަށެވެ. ނަމަވެސް އެއާ އެއްވަރަށް ކަސްރަތު ވެސް ކުރާތީ ހަށިގަނޑުން "ފެޓް" ތައް ދުއްވާލެވެނީ ކަމަށް ކަރީނާ ފާހަގަ ކުރެއެވެ.

Ads by Ooredoo
  1. ކަރީނާ މީހުން ކިޔާ އެއްޗިއްސަށް ނުބަލަ ދަތްހުރި ދުވަހު ކާށިކެވޭނީ…