ލަންކާ މުސްލިމުން ރާއްޖެއަށް ދިރިއުޅުން ބަދަލުކުރަން ދުންޔާ އެދިވަޑައިގެންފި
ސްރީލަންކާގައި ދިރިއުޅޭ މުސްލިމުން ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ދީ އެކަމަށް ދައުވަތު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައި މިވަނީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައި ދިނުމަށް އެދި އެޤައުމުގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން އެދިވަޑައިގަތުމުން އެކަމުގެ މަޝްވަރާތައް ކުރިއަށް ދާ ދަނޑިވަޅެއްގައެވެ.
މި މައްސަަލަ އާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ބައެއް ސިޔާސީ ބޭފުޅުންނާއި ޝެއިޚުން މިކަމަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާފައިވާއިރު އެކަމަށް ދެކޮޅު ހައްދަވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އަޑުއުފުއްލަވާފައެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ މުސްލިމުން ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ދީ އެކަމަށް ދައުވަތު ދޭން ޖެހޭ ކަމަށް އެކަމަނާ އަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.
އަދި އެކަން ސަރުކާރާއި އަދި ސަރުކާރަށް ތާއީދު ކުރައްވާ ޝޭހުން ނުކުރައްވާތީ ހައިރާންވާ ކަން ފާހަގަ ކުރައްވައި ދުންޔާ އިތުރަށް ވިދާޅުވީ ސްރީލަންކާގެ ސަރުކާރުން މުސްލިމުންގެ ޙައްޤުތަކަށް އިހްތިރާމްކޮށް އިސްލާމްދީނުގައި އޮތް ގޮތަށް ކޮވިޑް-19 ބަލި މީހުންގެ ޖަނާޒާގެ ކަންކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ބަނގުލާދޭޝް މީހުން މިތަނަށް ގިނަކޮށްފައި އެވަރުން ނުފުދިގެން ލަންކާމީހުންވެސް ގެންނަން މީނަ މިއުޅެނީ. މިއީ ދާހިލީ ހާރިޖީ ކިޔަމުން ހަޅލި ކަމަނާ.
އެއީ ލަންކާ ސަރުކާރަށް ކޮށްފަ އޮތްމަލާމާތެއް ކަލޭނޭ. ތަންފުކެއް ގަމާރެއްނު
ޢަހަރަމެން ދިވެހިން ވެސް މި އުޅެނީ ވަންނާނެ ތަނެއް ނެތިގެން.