ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކް ޚާން ބުނަނީ އޭނާއަކީ "ނަމާދު ނުކުރާ" މުސްލިމެއް ކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝާހްރުކް ޚާނަކީ ކާކުކަން ނޭނގޭނެ މީހަކު މިދުނިޔޭގައި މަދުވާނެއެވެ. ކުދިބޮޑު އެންމެންނަށް ވެސް އެނަމަކީ އާނަމަކަށް ނުވެއެވެ. އެތައް ބަޔަކު އޭނާއަށް ސަޕޯޓުކޮށް އޭނަގެ "ދީވާނާ" އަކަށް ވެފައި ވެއެވެ. ސަބަބަކީ އޭނަގެ އެކްޓިންގ މޮޅުކަމުންނާއި މަޖާޒީ މިޒާޖެވެ.

Ads by MWSC

ނަމަވެސް ދީނާ ބެހޭގޮތުން ޝާހްރުކް ޚާން ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫނެވެ. ހިންދޫއަކާ އިނދެގެން، ތިން ދަރިން ވެސް ލިބިފައިވާއިރު ދީނާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާއަކީ މުސްލިމެއް ކަމުގައި ވަރަށް ފަސޭހައިން ބުނެއެވެ. ނަމަވެސް ހަމަ އެނޭވާގައި އޭނާ ފަސްވަގުތު ނަމާދު ނުކުރާ ކަމަށް ވެސް ބުނެއެވެ.

މީގެ ކުރިން، ދީނީ ޢިލްމުވެރިޔާ ޒާކިރް ނައިކް އިންޑިއާގައި ދިރިއުޅުއްވިއިރު، އެމަނިކުފާނާއެކު އެރި ޓޯކް ޝޯއެއްގައި ވެސް ޝާހްރުކް ބުނީ އޭނަ ނަމާދު ނުކުރާ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ މާތް ﷲ މަތިން އަބަދު ވެސް ހަނދުމަކުރާ "ފަސޭހައިން" އުޅޭ މުސްލިމެއް ކަމުގައެވެ.

އެދުވަހު ޒާކިރް ނައިކް ވަނީ ޝާހްރުކް އަށް ބުނެވުނު ބަސް ރަނގަޅު ކޮށްދީފައެވެ. އޭނާ ބުނީ އިސްލާމްދީނަކީ ނަމާދާއެކު ވެސް ފަސޭހަދީނެއް ކަމަށާއި ނަމާދު ނުކޮށް މުސްލިމަކަށް ނުވާ ކަމަށެވެ.

ޒާކިރް ނައިކްގެ ވާހަކަތަކުން މާބޮޑު އަސަރެއް ޝާހްރުކް ޚާނަށް ކުރިހެން ހިއެއް ނުވެއެވެ. މިއަހަރުގެ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އޭނާ ދިން އިންޓަވިއުއެއްގައި ވެސް ބުނީ އޭނާ ނަމާދު ނުކުރާ ކަމަށާއި ދަރިންނަށް ވެސް ވަކި ދީނެއް އުނގަންނައި ނުދޭ ކަމަށެވެ.

"އަހަރެންގެ އަންހެން ދަރިފުޅު ކުޑައިރު އެއްދުވަހު ސްކޫލުން ފޯމެއް ހިފައިގެން އައިސް އެހި އޭނަ ކޮން ދީނެއްތޯ. އެފޯމުގައި ޖަހަން އޮތީ ކޮން ދީނެއްކަން. އަހަރެން ޖެހީ 'އިންޑިއަން' މިފަދައިން." ޝާހްރުކް ބުނެފައިވެއެވެ.

 

 

Ads by HDC
  1. މަމަކި

    ލޮލް.. ނަމާދު ނުކުރާ މީހުންނަކީ ކާފަރުން…. އެ ނުވާނެ މުސްލިމުންނަކަށް ނަމަކަށް މުސްލިމު ވާ ބައެއް… ސާރުކާ ބާރުކާ އާރުކާ.. ލަވަ ފިލްމުއާ އެނޫން ވެސް ފާހިޝް އަމަލުތައް ކޮއްގެން މިކިޔަނީ މުސްލިމުންނޭ… ހަމަ ކާފަރުން ތީ.. ނަމާދު ނުކުރާ

  2. ރިހުން

    މީ އިންޑިއާގަ ހަމަޖެހިގެން އުޅެން ބޭނުންނަމަ މަޖުބޫރު ވެގެން އެނޫންގޮތެއް ނެތިގެން ބުނި އެއްޗެއް. ނަމާދު ކުރާވާހަކަ ބުނި ނަމަ ޝާޚްރުކް ޚާންގެ ދުވަސް ދުއްވާލާނެ ސަރުކާރުން

  3. ތިރިހުރިހާ ޚާނެއްގެ ހާލުތިއީ