ލައިފްސްޓައިލް

މިއޮތީ ކޯކު ބޭނުން ކޮށްގެން އިސްތަށިގަނޑު ދޮންނަންވީ ސަބަބު!

ދެން އެމްވީ ، ދެން އޮންލައިން

އިސްތަށިގަނޑު ރީއްޗަށް ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް ވަރަށް ބޭނުން ވާނޭ ކަމެކެވެ. އަދި އިސްތަށިފޭބުމާއި، ބޮލުން ހަންފޮޅުުމާއި އިސްތަށިގަނޑު ކިފުޅިވުން ފަދަ ކަންކަމަކީ ގިނަ ބަޔަކު އެކަންކަމާ ނުހަނު ކަންބޮޑުވާ ކަންކަމެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އަގުބޮޑެތި ހެއަރ ޕްރޮޑަކްޓްތައް ގަނެގެން ބޭނުންކުރި ނަމަވެސް ގިނަ ފަހަރަށް ވާ ކަމެއް ހަރާމުން ހަރާން ކަމުގައި މީހުން ބުނެއެވެ.

ކަންބޮޑުވެގެން ތިޔަ އުޅެނީ ބޮލުން އިސްތަށި ފައިބާތީ ހެއްޔެވެ؟ ނުވަތަ ބޮލުގައި އިސްތަށި މަދުވާތީ ހެއްޔެވެ؟ އަދި އިސްތަށިގަނޑުު ކިފުޅިވެފައި ހުރެ އިސްތަށިގަނޑުން އެއްވެސް ކަހަލަ އުޖާލާ ކަމެއް ނުފެންނާތީ ހެއްޔެވެ؟ އަދި ތިޔަ ކަމާ ހާސް ވާކަށް ނުވެއެވެ.

ކޮކާކޯލާ އަކީ ގިނަ ކަންކަމަކަށް ބޭނުން ހިފޭ އެއްޗެކެވެ. އޭގެ ތެރޭގައި ފާހާނާ ސާފު ކުރުމާއި ތަށިތައް ސާފު ކުރުމާއި މިނޫން ވެސް ދިރިއުޅުމުގައި ތަފާތު އެކި ކަންކަން ކުރުމަށް ކޮކާކޯލާ ބޭނުން ކުރެވިދާނެއެވެ. ބޮލުން އިސްތަށިފައިބާ އަދި ބޮލުގައި އިސްތަށި މަދުވާނަމަ އެކަމަށް ވެސް އޮތް އެންމެ މޮޅު އެއް ހައްލަކީ މިއީއެވެ.

ކޮކާކޯލާ އަކީ އޭގައި ގިނަ އަދަދެއްގެ އެސިޑް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ކޮކާކޯލާގެ އެސިޑް ލެވެލް މަތިވުމުގެ ސަބަބުން ކޮކާކޯލާ ބޭނުން ކޮށްގެން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑު ރީތި ވެގެންދާނެ ކަމެކެވެ. އެގޮތުން އިސްތަށިގަނޑުގެ ކަޅުކަން ގަދަވެ، އިސްތަށިގަނޑަށް އުޖާލާކަން ގެނެސްދެއެވެ. އަދި މީގެ އިތުރުން އިސްތަށިގަނޑު އިތުރަށް ވަރުގަދަ ވެސް ކޮށްދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!