ޖަލުން ރައީސް ޔާމީނާ ބައްދަލުވުމުން ފުރަތަމަ ވެސް އެއްސެވީ ގައުމަށް ވަނީ ކިހިނެއްތޯ؟
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ޖަލުގައި އޮންނަވާތާ އަހަރެއް ފުރުނު ދުވަހު، އެމަނިކުފާނާ ބައްދަލުކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމީނާ ބައްދަލު ވެވުމުން ފުރަތަމަ ވެސް އެއްސެވީ “ޤައުމަށްވަނީ ކިހިނެއްތޯ“ ކަމަށް އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް(އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ”ވިސްނާ“ ޖަލްސާގައި ވާހަކަަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ޖަލުގައި އޮންނަވާތާ އަހަރެއް ފުރުނު ދުވަހު، އެ މަނިކުފާނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި ޖަލުގައި އޮންނަން ޖެހިވަޑައިގަތް ނަމަވެސް އެ މަނިކުފާނުގެ ސާބިތުކަމަކަށް ބަދަލެއް ނާންނަކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ ރައީސް ޔާމިން އެންމެ ފުރަތަމަ ވެސް އެއްސެވީ ގައުމަށް ވަނީ ކިހިނެއްތޯ ކަމަށެވެ.
“އަޅުގަނޑު ދެންނެވިން ރައީސްއޭ މި ސަރުކާރުގެ އަނިޔާވެރިކަމުގައި މި ހުރަގޭގައި މަނިކުފާނު އޮންނަވާތާ އަހަރެއްވީއޭ. އަޅުގަނޑުމެންގެ އެދުމަކީ ބޭސްފަރުވާއަށް ނަމަވެސް ބޭރަށް ދެވޭނެ ގޮތެއްވުމޭ. އެވަރަށް ދެންނެވުމާއެކު އަޅުގަނޑު ހުއްޓުވައި ވިދާޅުވީ ތިމަން މަނިކުފާނު މި ފަސްގަނޑު ދޫކޮށް ނުދާނަމޭ.“ އަދުރޭ ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށާއި ރައްޔިތުންގެ ޙައްޤުގައި ކިތަންމެ ދުވަހެއް ވަންދެން ޖަލުގައި އޮންނަވަން ޖެހުނަސް ހިތްވަރުފުޅަށް ކުޑަވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަހަރުމެން ގެ ހައްގުގައެއްނޫ ވައްކަން ކޮއްގެން ޖަލައްލީ އޮޅުވާނުލާ