ދުނިޔެ

2020 ވަނަ އަހަރު ނިމިގެން ދިޔައިރު، 1.5 ބިލިއަން މާސްކު ކަނޑުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނިމިގެން މިދާ 2020 ވަނަ އަހަރަކީ މުޅި ދުނިޔެ ސިއްސުވާލި ދުނިޔެވީ ވަބާއެއް ކަމުގައިވާ ކޮވިޑު-19 މުޅި ދުނިޔެއަށް ފެތުރި، މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ދަތުރުކުރި،ފާހަގަ ކޮށްލެވޭ އަހަރެކެވެ. ވީއިރު މި ބަލިން ރައްކާތެރިވުމަށް ޓަކައި ފޭސް މާސްކު އެޅުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by Sosun Fihaara

ފޭސް މާސްކު އެޅުމަށް ފަހުގައި އެންމެ އެދެވޭ ގޮތަށް ނައްތާލުން ވެސް ވަރަށް މުހިންމެވެ. ބަލާބެލުމަށް ކިތަންމެ އާދައިގެ އެއްޗެއް ކަމުގައި ވީނަމަވެސް އެއީ ގިނަ އަދަދެއްގެ ޖަރާސީމު އޭގައި އެކުލެވޭ ނުރައްކާތެރި އެއްޗެކެވެ. އެހެން ނަމަވެސް ދުނިޔޭގެމެރިން ކޮންސާވޭޝަން ގުރޫޕުވަނީ ކަނޑުން ފެނިފައިވާ މާސްކުތަކުގެ ތަފާސް ހިސާބެއް ތައްޔާރު ކޮށްފައެވެ.

އެގޮތުން މިއަހަރު މިހާތަނަށް 1.5 ބިލިއަން މާސްކު ކަނޑުގެ އެކި ހިސާބުތަކުން ފެނިފައި ވާއިރު، މިއީ މިކަމާމެދު އެއްވެސް މީހަކު ސަމާލުވާން ޖެހޭ ވަރަށް ސަމާލު ނުވެވިފައިވާކަން އަންގައިދޭ ހެއްކެކެވެ. މިފަދަ ޢަމަލު ތަކަކީ ކަނޑުގެ ދިރުންތަކަށް ވެސް އެތަކެއް ގެއްލުންތަކެއް ލިބިގެންދާނޭ ކަމެއްކަން އަޅުގަނޑުމެން ވިސްނަންޖެހެއެވެ.

މިއީ ދުނިޔެއަށް ކޮވިޑު-19 ގެ ބިރުވެރިކަން ފެތުރުނު ފަހުން ފެންނަން ފެށި މާސްކު ތަކެއް ކަން ހާމަވެގެން ދާ ހެއްކަކީ، ކޮވިޑު-19 އައުމުގެ ކުރިން ކަނޑުގެ އެއްވެސް ހިސާބަކުން މާސްކުގެ އެއްވެސް ވައްތަރެއް ފެނިފައި ނުވާކަމެވެ. ހޮންކޮންގުގެ ކަމާ ބެހޭ މާހިރުން ކުރި ދިރާސާއެއްގައި މިއަހަރު ގާތްގަނޑަކަށް 52 ބިލިއަން މާސްކު އުފެއްދިފައިވާއިރު، އޭގެއިން 1.56 ބިލިއަން މާސްކު ވަނީ ކަނޑުގެ އެކި ހިސާބުތަކުން ފެނިފައެވެ.

މިފަދަ ކަންކަމަކީ ކޮންމެ މީހަކު ވެސް ސަމާލުވާން ޖެހޭ ކަންކަމެވެ. ފަރުދީ ޒިންމާގެ ނަމުގައި އެކި ކަހަލަ އިސްތިހާރު ކުޅުނު ކަމުގައި ވީނަމަވެސް އެފަދަ ގޮތަކަށް ހަގީގަތުގައި ޢަމަލު ނުކުރެވޭ ނަމަ އެއީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކޮސް ކަމެކެވެ. ނަރެއްހާ ތަން ދޫކޮށްލައިފިނަމަ ކެނބެއް ހާތަން ދަމައިގަންނާނޭ ބުނާ ބީދައިން، މިފަދަ ކަންކަމަކީ މާ ބޮޑަށް ފަސޭހަ ކޮށްލެވޭ ކަމެއްނަމަ އާޚިރުގެ ނަތީޖާ މާ ގޯސް ވެގެން ދާނޭ ކަންކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!