ޚަބަރު

ކޮވިޑަށް ފައްސިވި އުމުރުން ދުވަސްވީ ދެމީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން: ޑރ. މުޙައްމަދު ޢަލީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 އަށް ފައްސިވެފައިވާ އުމުރުން ދުވަސްވީ ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް، ޑރ.މުހައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުމުރުން 79 އަހަރުގެ މީހަކަށާއި 82 އަހަރުގެ މީހަކަށް މިވަގުތު އައިސީޔޫ ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މީގެއިތުރުން ޑރ. މުޙައްމަދު ވިދާޅުވެފައި ވަނީ ކޮވިޑް-19އަށް ފައްސިވާ މީހުންގެ ތެރެއިން ކޮންމެ އުމުރުފުރައެއްގެ މީހެއް ވެސް ކްރިޓިކަލް ހާލަތަށް ގޮސްދާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވާ ޑރ. މުޙައްމަދު ވިދާޅުވީ 57 އަހަރުގެ ކޮވިޑް ބަލިމީހެއްގެ ހާލު ސީރިއަަސްވެ މިހާރު ވެންޓިލޭޝަނަށް ލާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ރޭޓަށް ބަލާއިރު، ބަލި ފެތުރުނު މިންވަރު ވަރަށް ބޮޑުތަން ކުޑަވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަނެއްކާ ވެސް ވަނީ އެއަދަދު އިތުުރުވާން ފަށާފައެވެ. މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ހަފްލާއަކުން މިހާރު ޖުމްލަ 41 މީހުން ވަނީ މާލެއިން ފައްސި ވެފައެވެ.

Ads by HDC
  1. ކސނދކ

    މުހައްމަދު އަލީ އަށް ކޮވިޑް ތަޖުރިބާ ކުރެވިގެން ތިއުޅެނީ އަދި އިހަށް ދުވަހަކު