އެހެން ދީން ތަކުގެ މީހުންނަށް އިހުތިރާމުކުރަން ދިވެހިންނަށް އެނގޭ: އަލީ ޒައިދު

ރާއްޖެއަށް ބައިވަރު ފަތުރުވެރިން އަންނަ ކަމަށާއި އެމީހުންނަށް އިހުތިރާމުކުރަން ދިވެހިން ދަންނަ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާ ދެކޮޅަށް އަދި އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ބުނެ، ރާއްޖޭގައި މުޒާހަރާ ކުރުމަށް ރާވަމުން އަންނަ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވުމާ ގުޅިގެންނެވެ.
އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ބައިވަރު ފަތުރުވެރިން އަންނަ ކަމަށާއި އެހެން ދީން ތަކުގެ މީހުންނަށް އިހުތިރާމު ކުޑަކޮށްގެން ދިވެހިން ނޫޅޭ ކަމަށެވެ.
“ދިވެހިން ދަނޭ އިހުތިރާމު ކުރަން. އިހުތިރާމޭ ކިޔާ ދީނީ މިނިވަން ކަމަށް ގޮވަން ބަޔަކު ރާވާނަމަ އެކަން ކާމިޔާބެއް ނުވާނެ.” އަލީ ޒައިދު ވިދާޅުވިއެވެ.
ހެޔޮވިސްނުން ދިވެހިންނަށް ދެއްވާށި އާމީން..