ދީން

ދުލަށް ލުއި، މީޒާނުގައި ބަރު اللهގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެކަލިމަ

ދެން އެމްވީ ، ދެން އޮންލައިން

ޒިކުރުކުރުމުގެ މާނައަކީ ﷲ ތަޢާލާ މަތިން ހަނދުމަ ކުރުމެވެ. ދުލުންނާއި ހިތުންނެވެ. ނުވަތަ ޢަމަލުންނެވެ. ޒިކުރު ކުރުމަށް ވަކި ޚާއްޞަ ތަނެއް ކަނޑައެޅިގެން ނުވުމާއެކު މިއީ ކުރަން ފަސޭހަ އަޅުކަމެކެވެ. ނަމަވެސް މިއީ ހިތަށް ގެންނަށް ވެސް ނޭނގޭހާ މަތިވެރި ސަވާބާއި ދަރުމަ އެކުލެވޭ އަޅުކަމެކެވެ.

Ads by Hajj Corporation

ﷲގެ ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

(كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ)
"ދޫމައްޗަށް ލުއި ފަސޭހަ ދެކަލިމައެއްވެއެވެ. (އަދި އެ ދެކަލިމައަކީ) ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެ ކަލިމައެކެވެ. (އަދި އެ ދެކަލިމައަކީ) ރަޙްމާންވަންތަ އިލާހު ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އެވެ."

އޭ އެކުވެރީންނެވެ. އަހަރެމެން ދުނިޔޭގައި ކުޅަ އެންމެހައި ކަމެއްގެ ހިސާބު ދޭން ޖެހޭ ދުވަހަށް ތައްޔާރުވުމުގައި މިއީ ލިބެން އޮތް ކިހާ ބޮޑު ފުރުސަތެއްތޯ އެވެ. ޤިޔާމަތް ދުވަހުގައި ހެޔޮކަމުގެ ޢަމަލުތައް ބަރުވެގެންދާނެ ކަމަށް ކީރިތި ނަބިއްޔާ އަންގަވާ ދެއްވާފައި އެ ވާ ދެ ކަލިމަ އަކީ ދުލަށް ފަސޭހަ ދެކަލިމައެވެ. ކުޑަ ވަގުތުކޮޅަކުން އެތައް ސަވާބެއް ލިބެން އޮތް ދެ ކަލިމައެކެވެ.

ޒިކުރުކުރުމަކީ ޝަރަފްވެރި ، ނަފްސަށް ހިތްހަމަ ޖެހުން ގެނެސްދޭ އަޅު ކަމެކެވެ. މާޔޫސީކަމުން ތިމާ ދުރުކޮށް އަބަދާއި އަބަދު الله އަށް ކުއްތަންވުމުގައި ހޭދަ ކުރެވޭ އަޅުކަމެކެވެ. ޝައިތާނާގެ އުނދަގުލުން ދުރުވާން އޮތް މަގެކެވެ. ފަހެ މިފަދަ ދުޢާތަކާއި އެކި ޢަމަލުތައް ކުރުމުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔުމުގައި އަހަރެމެންގެ ދޫ އަބަދުމެ ތެތްކޮށް ބާއްވަމާތޯއެވެ. ބޭކާރު ވާހަކަތަކުން ދުރުވެ ، ރޫޙަށް ފޮނިމީރުކަމުގެ ލައްޒަތު ހޯދަމާ ހެއްޔެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

﴿فَاذْكُرُونِي أَذْكُرْكُمْ﴾ މާނައީ: ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.“

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!