ނިމްޝާގެ ފަރި ފިޔަވަޅުތައް، ޓިކްޓޮކުން މުނިފޫހިފިލުވުމުގެ ދާއިރާއަށް!
ރާއްޖޭގެ ޓިކްޓޮކް ސްޓާރުން މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް ފެނުމަކީ މިހާރު އާކަމެއް ނޫނެވެ. ޓިކްޓޮކްގައި އެމީހުންގެ ހުނަރުވެރިކަން ދައްކުވައިދޭ އެތައް ބަޔަކު އުޅެއެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ އެއް މޫނަކީ އޭނާގެ ނެށުމުގެ ވީޑިއޯއެއް ޕޯސްޓު ކުރުމަށްފަހު، އެތައް ބައެއްގެ ކޮމެންޓުތަކުން އެޕޯސްޓު ފުރާލާ ފަންނާނެކެވެ. ބައެއް މީހުން އޭނާގެ ނެށުމަށް ފާޑުކީ ނަމަވެސް، އެހަރަކާތްތަކަށް ތަރުހީބުދޭ މީހުން ވެސް މަދެއް ނޫނެވެ.
މިދައްކަނީ އެފަދަ ދެވަނަ ތަޢާރަފަކަށް ބޭނުންނުވާ، އުމުރުން 25 އަހަރުގެ ނިމްޝާ ޒާހިރު ގެ ވާހަކައެވެ. ޓިކްޓޮކް ގެ ކުޑަ ސްކްރީނުގައި ބެލުންތެރިން މުނިފޫހިފިލުވާ ދިނުމަށްފަހު، މިހާރު އޭނާގެ ފިޔަވަޅުތައް އަމާޒުކޮށްފައި ހުރީ މުނިފޫހި ފިލުވުމުގެ ދާއިރާއާއި ދިމާލަށެވެ. ކުރިން އޭނާ ހަރަކާތްތެރިވި މޮޑެލިންގެ ދާއިރާއާ ދިމާލަށެވެ.
ނިމްޝާ ފެނިގެން ދާނީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި "ދީވާސް" ގެ ފަރާތުން މާދަމާ ރޭ ސޮލިޓް ރެސްޓޯރަންޓުގައި ބާއްވާ ޚާއްސަ ޝޯއެއްގައި ހިމަނާފައިވާ "ފެޝަން އިން ހައުސް" ކިޔާ މޮޑެލިންގ ޝޯއެއްގައެވެ. މިޝޯއިން ނިމްޝާ ފެނިގެން ދާނީ "ޝޯ ސްޓޮޕަރ" އެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހަފްލާއާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން "ދީވާސް" ގެ އިވެންޓް އޯގަނައިޒަރ އަލީ އުސާމް (ދޮނާ) ބުނީ މިއީ އެކިއެކި ކޮވިޑްގެ ދުވަސްވަރު ގޭގައި ތިބެގެން ޑިޒައިނަރުން ހެދި އެމީހުންގެ ޑިޒައިންތައް ދައްކާލި ޝޯ، ނިމުމުގެ ގޮތުންނާއި އާ އަހަރު ފެށޭތީ މިފަހަރު ބައެއް ފަރާތްތަކަށް އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރަށުން ބޭރަށް ނުދެވޭތީ އާވެސް އެކީ، އަދި ނިމްޝާ ގެ އެޕިސޯޑް މިމަހުގެ 31 ވަނަ ދުވަހު އެއާރ ކުރަންޖެހޭތީ އާއި އެކީ ބާއްވާ ޝޯއެއް ކަމަށެވެ.
"އާއްމުކޮށް މާލޭގައި މިފަދަ މުނާސަބަތެއް ފާހަގަ ކުރުމަށް ހަމައެކަނި އިންނަނީ ލައިވް މިޔުޒިކް ޝޯއެއް. ނަމަވެސް މިޝޯގައި ލައިވް މިޔުޒިކް ގެ އިތުރުން ތިން ލައިވް ފެޝަން ޝޯ ފެނިގެން ދާނެ. އޭގެ އިތުރުން ނިމްޝާ ގެ ޕަރފޯމަންސެއް ވެސް ފެނިގެން ދާނެ. އަދި މޮޑެލުންނާއި ސެލެބްރިޓީންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ. އެގޮތުން ނިމްޝާއާއެކީ ވެސް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ. ނިމްޝާ އަލަށް އެންޓަޓެއިންމަންޓް ދާއިރާއަށް ސްޓެޕިން މިކުރަނީ އެރޭގައި" ދޮނާ ބުންޏެވެ.
ސޮލައިޓްގެ 9 ވަނަ ފަންގިފިލާގައި (ވީއައިޕީ ބައިގައި) ބާއްވާ މިޝޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 500 ރުފިޔާ އަށް ޓިކެޓެއް ވިއްކާ ކަމަށް ވެސް ދޮނާ ބުންޏެވެ. މީގެ އިތުރުން މިޝޯ އެންމެ ފުރަތަމަ ހުޅުވާދޭނީ "ޓޮޕް މޮޑެލް މޯލްޑިވްސް" ގެ ރާއްޖޭގެ ފުރަތަމަ ރަނަރަޕް ބުނާނަތު ޔޫސުފް ކަމަށް ވެސް ދޮނާ ބުންޏެވެ.
މީހުންގެ ކުރިމަތީ އޮރިޔާންވެގެން މަޝްހޫރުވަނީ
އައުރަ ނިވާ ނުކޮއް ތެޅެން ވީ. ﷲ ވެ ހުކުމް ތަކަށް ތަބާނުވެ.. އަންހެނާގެ އައުރަ އަކީ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވާކަމުގައި ވިއެވެ. ﴿وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ﴾ ”އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގެ މަތީގައި އަޅައި ނިވާކުރާހުށިކަމެވެ.“[ސޫރަތުއް ނޫރު 31]
މިއާޔަތް ބާވައިލެއްވުނު ހިނދު ، އެކަނބަލުންގެ ހެދުމުގެ ތިރި ނަގައި ފަސްބަޔާއި ވީދިމާލުން ބައެއް ބުރިކޮށް ، އޭގެން ނިވާކުރިއެވެ. (އެބަހީ ބޮލާއި ، މޫނު އަދި ކަނދުރާއާއި ކަރުވަޅެވެ.)
[ޞަޙީޙުލްބުޚާރީ 47]
ފަހެ ތިބާގެ މައްޗަށް ތިބާގެ ރައްބު އާޚިރަތުގައި ނިޔާކަނޑައެޅުމުގެ ކުރީގައި ، ތިބާ ތިބާގެ ނަފްސު ދުނިޔޭގައި ޙިސާބު ކޮށްލާށެވެ. އަދި ތިޔަ ނަފްސުވަނީ ކޮންބައެއްގެ ތެރޭގައިތޯ ބަލާށެވެ.
ތިބާ ލައި އުޅޭ ފޭރާމުގެ ތުނިކަމުން ހަށިގަނޑު ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. އަދި ތިބާގެ ފޭރާމުގެ ބާރު ކަމުން ވަނާތައް ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. ތިބާގެ ހަށިގަނޑުން ބައެއް ނިވާކޮށް އަނެއްބައި ކަޝްފުކޮށްފައި ބަހައްޓާނަމަ ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ
ހެދުންލުމުގެ މަޤުޞަދަކީ މީސްތަކުންގެ ލޯތަކަށް ހަށިގަނޑު ނިވާކޮށް ފަރުދާކުރުމެވެ. އެއީ ފިރިހެންތަކުން ޒިނޭއާއި ފާޙިޝްކަންތައްތަކުން ދުރުކުރުމަށެވެ. އަދި ޝައިޠާނާގެ ޕްލޭން ފެއިލް ކޮށްލުމަށެވެ. އަދި ﷲ ގެ ރުއްސެވުން ލިބިގަތުމަށެވެ. ތިހެން އުޅެގެން ﷲ ގެ ރުއްސެވުމާ ސުވަރުގޭގެ ވަސް ވެސް ޖެހޭނީ ކިހިނަކުން ތޯ އެވެ.. މިއަދު ސްޓޭޓަސް ގައި. ” އައި ވޯންޓް ބީ އިން ޖަންނަހް..” މިހެން ޖެހިޔަސް ﷲ ގެ ހުކުމް އަށް އަމަލު ނުކުރާ މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުޖެހޭނެ އެވެ.. މީހުން ކުރިމަތީ މަސްހޫރު ވިޔަސް ވާނެ ކަމެއް ނޯންނާނެ..
އޭނަ ހުންނަނީ ނެގެޓިވް ކޮމެންޓް ކިޔަން ބޭނުން ނުވާތީވެ ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައިކަން އިނގޭތޯ!
Meehun ge hunna nubai sifa thah platform thanthaa hihsaa kurumakee aharumen dhivehin ge vrh bodu aadha eh bala eyna echis nulaa ulhununas kaley menna kon kameh eyna ge ves aailaa eh onaane e meehun beynun vaa gothah eyna e ulhenee eyi e meeheh ge ammilaa mini van kan ekamaa faadu kiyaa meehun ves ulheyne ulhen ves jeheheyne ehn noonama raajeyga vote eh ves nulaane ….