ޚަބަރު

ސީޕީ ހަމީދު ލަދުގަންނަން ޖެހޭ: ޙަސަން ލަތީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ވުމުން އޭނާއަށް ތައުރީފް ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ޓްވީޓެއް ކުރެއްވުމުން، ސީޕީ ހަމީދު ލަދު ގަންނަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައްދެއް ދެއްވައިފިއެވެ.

Ads by MWSC

ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ފައިރޫޝް މިއަދު އެމަގާމުން ރިޓަޔަރ ވުމުން، އޭނާއަށް ސީޕީ ހަމީދު ވަނީ ޝުކުރު އަދާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ސީޕީ ހަމީދު ޓެގު ކުރައްވާ އެޓްވީޓަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވެފައިވަނީ، ސީޕީ ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

ހަސަން ލަތީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ، އެމަނިކުފާނު ގެންގުޅޭ "އެލެކްސް އަހްމަދު" އެކައުންޓުން ސީޕީ ހަމީދުގެ އެޓްވީޓަށް ރައްދު ދެއްވާފައެވެ. އެގޮތުން "އެލެކްސް" ވަނީ "ފައިރޫޝް ދެއްކި ނުކިޔަމަންތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވިންތޯ" ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

"އެލެކްސް އަހުމަދު" އެކައުންޓަކީ ރައީސް ނަޝީދު ގެ އެކައުންޓެއްތޯ މީގެ ކުރިން ނޫސްވެރިއަކު ސުވާލު ކުރުމުން، އެއަށް ދެއްވި ޖަވާބު އެމަނިކުފާނު އެއެކައުންޓު ބޭނުން ކުރައްވާ ކަމަށް ވެސް އަދި ނުކުރައްވާ ކަމަކަށް ވެސް ވިދާޅުވެފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ހަސަން ލަތީފް އާއި އެލެކްސް އަހުމަދު އިޝާރާތް ކުރައްވާފައި އެވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ރައީސް ނަޝީދުގެ ވެރިކަން ނިމުނު ފެބްރުއަރީ 7، 2012 ގެ މުޒާހަރާގައި ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވިއިރު އޭގެ ތެރޭގައި ފައިރޫޝް ބައިވެރިވި ކަމަށް ވާހަކަ ދެކެވޭ ވާހަކަތަކަށް ރިޢާޔަތްކޮށެވެ.

Ads by HDC
  1. ފަސް

    ޙަސަން ލަޠީފް ކިތަންމެ ލަދު ގަތަސް އޭނަ ކުރި ރަނގަޅު ކަންތަކަށް ތައުރީފް ކުރުމަކީ އޭނަގެ ވެރިއަކަށް ހުރި މީހަކު ކުރަން ޖެހޭނެ ކަމެއް. އޭނަ ބަޣާވާތުގަ ބައިވެރިވުމަކީ އޭނަ ކޮށްފަ ހުރި ރަނގަޅހު ކަނތަކަށް ފަސް އަޅައި ފޮރުވަން ޖެހޭ ސަބަބެއް ނޫން.

  2. ކިނބޫ

    ލަދުގަންނަން ޖެހޭނެ. ބޮޑު ބިޔަ ބާޣީއެއްގެ ދަރިއަކާ އިނދެގެން އުޅުމަކީ ލަދުހުތުރު ކަމެއް.