ދުނިޔެ

ލޯބި ހުށަހެޅުމުން އިންކާރުކޮށް ކޯތާފަތްމަތީގައި ޖެހިޖެހީނުން މޫދަށް ވައްޓާލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ. ޚާއްސަކޮށް އަންހެން ކުއްޖަކަށް ލޯބި ހުށަހަޅާއިރު، ތަފާތު އެކި ގޮތް ގޮތް ބޭނުން ކުރުމަކީ ތަރައްގީ ވެފައިވާ ޒަމާނާއެކު ބަދަލުވެފައިވާ ކަމެކެވެ. ތަފާތު އެކި މާހައުލު ތަކުގައި ލޯބި ހުށަހެޅުން ވަނީ އާންމު ވެފައެވެ. އަދި އެފަދަ ގޮތަކަށް ލޯބިހުށަހަޅާ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފައެވެ.

Ads by Sosun Fihaara

އެހެންނަމަވެސް ހުށަހަޅާ ލޯބި ކާމިޔާބު ނުވުމަކީ ވެސް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ގިނަ ބައެއްގެ ކުރިމަތީގައި ލޯބި ހުށަހަޅާ މީހާ ލަދުގަންނަން ވެސް ޖެހެ ކަމެކެވެ. އެގޮތުން މިއީ ދާދި ފަހަކުން ޓުވިޓާގައި ދައުރުވެފައިވާ ވީޑިއޯއެކެވެ.

ވީޑިއޯއިން ފެނިގެން ދަނީ ފިރިހެން މީހާ ލޯބި ހުށަހެޅުމުން އެކަމާ އަންހެން މީހާ ނުރުހުންވާ މަންޒަރެވެ. އަދި ނުރުހުމުގެ ސަބަބުން އެ ލޯބި ހުށަހެޅި ފިރިހެން މީހާ ގާތަށް އައި ރުޅީގައި އަންހެން މީހާގެ ކޯތާފަތް މަތީގައި ބާރު އެތިފަހަރެއް ޖެހި ޖެހީނުން މޫދަށް ވެއްޓޭ މަންޒަރެވެ. މި ލޯބި ހުށަހަޅަައިފައި ވަނީ މޫދުގައި އޮތް ދޯންޏެއްގައެވެ.

މި މަންޒަރު ވީޑިއޯ ކޮށްފައިވަނީ އެއްގަމުގައި އެމަންޒަރު ބަލަން ހުރި މީހެކެވެ. އަދި މި މީހާ އެ ވީޑިއޯ ޓުވިޓާގައި އާންމު ކުރި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ވިޑިއޯއަށް ލިބިގެން ގޮސަފައެވެ. އަދި ގިނަ ބަޔަކު ވަނީ އެ ފިރިހެން މީހާއާ ދިމާލަށް ނުރުހުމުގެ އެތައް ބަހެއް ވެސް ރައްދު ކޮށްފައެވެ. ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Ads by Allied Insurance
  1. ތެދު

    ތިވާނީ ފިރިހެން މީހާ އަތުން ބައިވަރުކައިފަަ ވާމީހަކަށް

  2. އަސްލަމް

    ކޮތަފަތުގައ ޖެހި ޖެހިނުންް މޫދަށް ވެއްޓުނީ އެހެންވެެ ހުރިހާ ކުދިން ލޯބި ހުށަހަޅާ އިރު ވިސްނާތިީ އެހެނ ނޫނީ މިކަހަލަ ކަމެއް ވެފާނެ