ޚަބަރު

ފޮނަދޫން ކަރަންޓީނު ކުރި ގެތަނުގެ އަދަދު 18 އަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
Laamu Fonadhoo, ލާމު ފޮނަދޫ
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލ.ފޮނަދޫން 4 މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގގައި، ބަލި ޖެހުނު މީހުންނާ ސީދާ ބައްދަލުވެގެން ކަރަންޓީނު ކުރި ގެތަކުގެ އަދަދު 18 އަށް އަރައިފިއެވެ.

Ads by STELCO

މިއަދު ހެނދުނު ވެސް ފޮނަދޫން ވަނީ 10 ގެޔެއް ކަރަންޓީނު ކޮށްފައެވެ.

ކަރަންޓީނު ކުރި ގެތަކުގެ އަދަދު 18 އަށް އަރާފައިވާ ކަން ފޮނަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ހަސަން ޚަލީލް ވަނީ "ދެން" އަށް ކަށަވަރު ކޮށްދީފައެވެ.

ޖެނުއަރީ އިން ފެށިގެން 10 ގެއެއް 14 ދުވަހަށް ނުވަތަ އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ކަރަންޓީން ކުރަން ނިންމާފައިވާ ގެތަކަށް ކަރަންޓީންގެ މުއްދަތުގައި އެގޭގެއަށް ވަދެ ނިކުމެ އުޅުމަކީ މަނާކަމެކެވެ.

މީގެ ކުރިން ކަރަންޓީނުކޮށްފައިވާ ގެތަކަކީ:

  1. އުފާ / ލ،ފޮނަދޫ
  2. ލައިނޫފަރުމާގެ / ލ،ފޮނަދޫ
  3. ކޮނެންޓާވިލާ / ލ،ފޮނަދޫ
  4. ބަގީޗާގެ / ލ،ފޮނަދޫ
  5. ޒިއުރިކް / ލ،ފޮނަދޫ
  6. އެވަރޕީސް / ލ،ފޮނަދޫ
  7. ބަނަފްސާގެ / ލ،ފޮނަދޫ
  8. ހަޔެތު / ލ،ފޮނަދޫ
  9. ޗާންދަނީ ވިލާ / ލ،ފޮނަދޫ
  10. ތިބުރޯޒުގެ / ލ،ފޮނަދޫ
  11. އަސަރީގެ / ލ،ފޮނަދޫ
  12. ލެގޫން / ލ،ފޮނަދޫ
  13. އާހިޔާ / ލ،ފޮނަދޫ
  14. ދަރުމަ / ލ،ފޮނަދޫ
  15. އުޝާ / ލ،ފޮނަދޫ
  16. އާލަމް / ލ،ފޮނަދޫ
  17. އެންދެރިމާގެ / ލ،ފޮނަދޫ
  18. ޗެރީޕާކް / ލ،ފޮނަދޫ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވި މީހާ، ފޮނަދޫގައި ކުރިޔަށް ދިޔަ ޖަނާޒާއެއްގައި ވަނީ ބައިވެރިވެފައެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފޮނަދޫ ސިއްހީ މަރުކަޒުން ކުރިޔަށް ގެންދާއިރު، ކޮވިޑް-19 ޖެހުނު ފަރާތާ ކޮންޓެކްޓްވި ފަރާތެއްވާނަމަ، 6800019 ނުވަތަ 6800017 ނަންބަރު ފޯނަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެފަރާތުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!