ޚަބަރު

ފޮނަދޫ ކޮވިޑް ކްލަސްޓާރ: 10 މީހުންވެސް ނައްސި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ލ. ފޮނަދޫ ސިއްހީ މަރުކަޒު. ދެން ފައިލް ފޮޓޯ

އިއްޔެ ލ.ފޮނަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 10 ފަރާތެއް ބައްޔަށް ނައްސި (ނެގަވިޓް) ވެއްޖެއެވެ.

Ads by STELCO

ފޮނަދޫ ސިއްޙީ މަރުކަޒުން ބުނެފައިވަނީ އިއްޔެ ޕޮސިޓިވް ފަރާތާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ ތެރެއިން 10 ފަރާތެއްގެ ސާމްޕަލް މިއަދު ފަތިހު ވަގުތެއްގައި ވަނީ ނެގިފައިވާ ކަމަށާއި ހުރިހާ ފަރާތެއްގެ ސާމްޕަލް ނެގަޓިވް ވެފައިވާ ކަމަށެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ނެގި 2 ސާންޕަލެއް ވެސް ނައްސި (ނެގަޓިވް) ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ގއ.ދެއްވަދޫން ލ.ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެއެވެ. އެއާއެކު ފޮނަދޫ އަދި އެރަށާ އެއްފަސްކޮށް އޮންނަ ގަމަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ޑައިރެކްޓް ކޮންޓެކްވި މީހުން ދިރިއުޅޭ ފޮނަދޫގެ 18 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!