ޚަބަރު

ރ.އަލިފުށީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރ. އަލިފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

އަލިފުށީ ސިއްހީ މަރުކަޒުން “ދެން”އާ ވާހަކަ ދައްކަމުން ބުނެފައިވަނީ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މާލެއިން އައިސް ހޯމް ކަރަންޓީނުގައި ހުރި އަންހެނެއް ކަމަށާއި، ކޮވިޑަށް ޓެސްޓު ކުރެވުނީ ކަރަންޓީނުގައި ހުރިތާ 5 ދުވަސް ފަހުން އަލާމާތް ތަކެއް ފެނިގެން ކަމަށެވެ.

މީގެ އިތުރުން، ކޮވިޑަށް ފައްސިވެފައިވާ މީހާގެ ހާލު ރަނގަޅު ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް ދެން އަށް މައުލޫމާތު ލިބިފައި ވެއެވެ. މީގެ އިތުރުން ރަށުގެ އެއްވެސް އާންމު ރައްޔިތަކާ ކޮންޓެކްޓު ވެފައި ވާކަން ކަށަވަރު ވެފައި ނުވާތީ ރަށް މޮނިޓަރިންގް ގެ ހާލަތަށް އަދި ގެނެވިފައި ނުވާކަމަށް ވެސް “ދެން” އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަލިފުށީ ހޯމް ކަރަންޓީނުގައި ހުރި މި މީހާ ކޮވިޑު-19 އަށް ފައްސިވެފައިވާއިރު، އެމީހާގެ 3 ދަރިން ވެސް އޭނައާއެކު ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި، އެ 3 ކުދިން ވެސް ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް “ދެން” އަށް މައުލޫމާތު ލިބިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!