ފޮނަދޫން ރެންޑަމް ސާންޕަލް ނަގަން ފަށައިފި، ނަގަނީ 125 މީހެއްގެ ސާންޕަލް
ފޮނަދޫން 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން ރެންޑަމް ސާންޕަލް ނަގަން ފަށައިފިއެވެ.
ފޮނަދޫ ސިއްޙީ މަރުކަޒުން ބުނެފައިވަނީ މިރޭ ރެންޑަމް ސާންޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި ފޮނަދޫ އިން ޖުމްލަ 125 ސާންޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރެންޑަމް ސާންޕަލް ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ؛
- ފްރޮންޓްލައިން 10 އޮފިސަރުން
- ރެސްޓޯރެންޓް އަދި ކެފޭ ތަކުގައި މަސައްކަތް ކުރާ 07 މުވައްޒިފުން
- ފިހާރަތަކުގައި މަސައްކަތް ކުރާ 10 މީހުން
- 15 ބިދޭސީން
- ސްޕީޑް ބޯޓްގައި މަސައްކަތް ކުރާ 03 މީހުން
- 05 ޓެކްސީ ޑްރައިވަރުން
- 75 ގެއަކުން
މިހާތަނަށް ފޮނަދޫއިން ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއްގެ ސާންޕަލް ނަގާފައިވާއިރު، މިހުރިހާ އެންމެން ވެސް ވަނީ ބައްޔަށް ނައްސި ވެފައެވެ.
ގއ.ދެއްވަދޫން ފޮނަދުއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން ފޮނަދޫއާއި އެރަށާ އިންވެގެން އޮންނަ ގަން ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.
Ads by Allied Insurance