ލައިފްސްޓައިލް ލުއި ޚަބަރު

މި ފޮޓޯގެ ހަގީގަތް އެނގޭ ނަމަ، ބުނެދޭން ނޭނގޭ އެތައް އިހުސާސެއް ކުރެވޭނެ ކަން ޔަގީން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަތީގައި އެވާ ފޮޓޯއަކީ ދަށު ރޭންކެއްގެ ފުލުހެއް އޭނަގެ މައްޗަށް ހުރި ފުލުހަކަށް ސެލިއުޓު ކުރާ މަންޒަރެވެ. އެހެން ނަމަވެސް މި ފޮޓޯގައި އެވާ ދެ ފުލުހުންނަކީ ކޮން ބައެއް ކަން އެނގޭ ހެއްޔެވެ؟ އެއީ ބައްޕައަކާއި އޭނަގެ އަންހެން ދަރިއެވެ.

Ads by STELCO

ފަހަކަށް އައިސް ޓުވިޓާގައި މި ފޮޓޯ އަންނަނީ ގިނަ ބަޔަކު ހިއްސާ ކުރަމުންނެވެ. ބައްޕައަކު ދަރިއަކަށް ސެލިއުޓު ކުރާ މަންޒަރެވެ. ހަގީގަތުގައި ވެސް މިއީ ބައްޕައެއް ފަޚުރުވެރިވާނޭ ފަދަ މަންޒަރެކެވެ. މިއަދު އެބައްޕައާ އެއް ވަޒީފާއެއްގައި އުޅުނު ނަމަވެސް އެ ބައްޕަގެ ކުރިމަތީގައި އެހުރީ ހަމައެކަނި އެ ބައްޕަގެ ދަރިއެއް ނޫނެވެ. އޭނާއަށް ވުރެ އިސް މަގާމެއްގައި ހުރި ފުލުހެކެވެ.

ގަލްފު ނިއުސް އަށް ދިން އިންޓަރވިއުއެއްގައި މި އަންހެން މީހާގެ ބައްޕަ ބުނީ ދަރިފުޅު އެހާ މަތީ މަގާމެއްގައި މަސައްކަތް ކުރާ މަންޒަރު އެހާ ގާތުން ފެނުމަކީ ހިތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، އަބަދު ވެސް އެދަރިފުޅާ ދޭތެރޭ އެ ބައްޕަ ފަޚުރުވެރިވާކަމުގައެވެ.

އެ އަންހެން މީހާއަކީ އަންހެނުންނާ ގުޅޭ މައްސަލަތައް ބެލުމުގައި އެސަރަހައްދުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އަންހެނާއެވެ. “ގަލްފު ނިއުސް” ގައި ވާގޮތުން އެ އަންހެން މީހާގެ ބައްޕަ އެ އަންހެން މީހާއާ ދިމާލަށް ގޮވާ އުޅެނީ ވެސް “މެޑަމް” މިމޭރުމުންނެވެ. އެހެންނަމަވެސް އެ ދަރިފުޅު އެ ފިރިހެން މީހާއާ މުޚާތަބުކޮށް ހަދަނީ ބައްޕަ ކިޔައިގެންނެވެ. ބައްޕަ ދެކެވާ ލޯތްބާއި ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވި ހިސާބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބައެއް ސަމާލުކަން ލިބި މި ފޮޓޯ ވަނީ އެތައް ބައެއްގެ ހިތާ ކުޅެލައިފައެވެ. މިއީ ހަގީގަތުގައި ވެސް ނަމޫނާ މަންޒަރެކެވެ.

Ads by Ooredoo
  1. މުހަންމާ

    މިރާއްޖޭގައި ވެސްއެބަތިބި ސިފައިންގޭގައި ވެސް ތިއަށްވުރެ މާ މަތީ ރޭންކްގައިވެސް ހަމަ ސިފައިންގޭގައި އުޅޭ މީހުގެ ދަރިން ވެސް. މާދުރުގައި އުޅޭ ބައެއްގެ ވާހަ ލިޔުމަށްވުރެ ރާއްޖޭގެ ވާހަކަތައް ލިޔުން މާރަނގަޅުވާނެކަންނޭންގެ

  2. މީހާ

    އިންޑިޔާ ނޫނީ ކޮންމެސް ފަރަންޖި ޤައުމެއްގެ ޚަބަރު ބޮޑަށް ހިނގާނީ